Advertisement
ކ. މާލެ
|
29 އޯގަސްޓް 2024 | ބުރާސްފަތި 16:40
ދިވެހި ސެފް މަހާ ތައިލެންޑުގެ ވޯލްޑް ޖޫނިޔާ ސެފް ޗެލެންޖް 2024ގައި ފަނޑިޔާރުކަށް
ދިވެހި ސެފް މަހާ ތައިލެންޑުގެ ވޯލްޑް ޖޫނިޔާ ސެފް ޗެލެންޖް 2024ގައި ފަނޑިޔާރުކަށް
ރާއްޖެއެމްވީ
ވޯލްޑް ޖޫނިޔާ ޝެފް ޗެލެންޖް 2024
ދިވެހި ޝެފް މަހާ ތައިލެންޑުގެ ވޯލްޑް ޖޫނިޔާ ޝެފް ޗެލެންޖް 2024ގައި ފަނޑިޔާރަކަށް
12 ގައުމެއްގެ ޝެފް ޓީމުތަކާއި ތައިލެންޑުގެ 4 ޓީމެއް ވާދަކުރޭ
މަހާ ވަނީ ކަލިނަރީގެ ދާއިރާއިން ގައުމީ އަދި ބައިނަލްއަގުވާމީ އެތައް އެވޯޑުތަކެއް ހާސިލްކޮށްފައި

މަޝްހޫރު ދިވެހި ޝެފް މަހާ ނަސީރު، ތައިލެންޑުގެ ބެންކޮކްގައި އޮގަސްޓް 28 އިން 31 އަށް ކުރިއަށްދާ ވޯލްޑް ޖޫނިޔާ ސެފް ޗެލެންޖް 2024ގައި ފަނޑިޔާރުކަން ކޮށްފިއެވެ. 

Advertisement

މި މުބާރާތަކީ ގިނަ ބައިނަލްއަގުވާމީ ޝެފް ފަނޑިޔާރުން ބައިވެރިވާ، 12 ގައުމެއްގެ ޝެފް ޓީމުތަކާއި ތައިލެންޑުގެ 4 ޓީމެއް ވާދަކުރާ މުބާރާތެކެވެ. ދިވެހިރާއްޖޭގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ، ދެކުނު ކޮރެއާ، މޮންގޯލިއާ، ކެމްބޯޑިއާ، ވިއެޓްނާމް، އިންޑޮނޭޝިއާ، ޗައިނާ، އެމެރިކާ، އޮސްޓްރޭލިއާ އަދި ގްރީސް ހިމެނެއެވެ.

ޝެފް މަހާ ފަނޑިޔާރުންގެ ޓީމާއެކު - ރާއްޖެއެމްވީ

ޝެފް މަހާ އަކީ ކުރީގެ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްކަން ކޮށްފައިވާ ފަރާތެކެވެ. މިހާރު މަހާ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ބޯޑް މެމްބަރެއްގެ ގޮތުގައެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި މަހާ ވަނީ ކަލިނަރީގެ ދާއިރާއިން ގައުމީ އަދި ބައިނަލްއަގުވާމީ އެތައް އެވޯޑުތަކެއް ހާސިލްކޮށްފައެވެ.

މަހާ އަކީ މިހާރު ރާއްޖޭގައި ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރެއިން އެކަކެވެ. އަދި ރާއްޖެއިން މާސްޓާ ޝެފުގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް