މާލޭގެ ފަރީދީމަގުގައި ހުރި ގެއެއްގައި ބިދޭސީއަކު ދަންޖެހިގެން މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބިދޭސީ މީހާ ދަންޖެހިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 01:38 ހާއިރު ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ މި މައްސަލަ ތަހްޤީޤު ކުރަމުންދާތީ އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަަމަށެވެ.
އޮގަސްޓް 5 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ހުރި ގުދަނަކާއި ލޭބާ ކްއާޓާގައި ރޯވެ، 21 ބިދޭސީ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާދޭން ވަނީ ޖެހިފައެވެ.