ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 16:06
ކުނޫޒުގައި ޖަލްސާ އެއް ކުރިއަށް ދަނިކޮށް ފުލުހުން ހަރަކާތްތެރި ވަނީ
ކުނޫޒުގައި ޖަލްސާ އެއް ކުރިއަށް ދަނިކޮށް ފުލުހުން ހަރަކާތްތެރި ވަނީ
ރާއްޖެ އެމްވީ
ކުނޫޒް
އިދިކޮޅު ފަރާތްތަކުގެ ޖަލްސާ ބޭއްވުމަށް ކުނޫޒް ހުންނަ މަގު ބަންދު ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ
ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ
ފުލުހުން ވަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ ޖަގަހަ ޖަލްސާ ބޭއްވުމަށް މަގު ބަންދު ކޮށްދީފަ
ފުލުހުން ބުނީ ޕީޕީއެމްގެ ޖަލްސާ ބޭއްވުމަށް މަގު ބަންދު ކޮށްދިނީ އެކަމަށް އެދުމުން ކަމަށް

އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ހަމަޖެހިފައިވާ  ޖަލްސާ އާއި ގުޅިގެން  މ، ކުނޫޒް ހުންނަ މަގު ބަންދު ކޮށްދިނުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑިޕީގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިއްޖެއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ސޮއި ކުރައްވާ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފަށް ފޮނުވި ސިޓީގައި ވިދާޅުވެފައި  ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ 21:15 ގައި މ، ކުނޫޒްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ހިނގަމުންދާ ވަގުތު ކުނޫޒް ހުންނަ ފަނޑިޔާރު މަގު ބަންދުކޮށް އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓާ ދިނުމަށް އެދޭ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ކޮމިޝަނަރު އޮފް ޕޮލިސް އަރީފަށް ފޮނުވި ސިޓީގެ ކޮޕީއެއް ވަނީ ހައުސިން މިނިސްޓްރީ އަށް ވެސް ފޮނުވާފައެވެ.

ފަނޑިޔާރު މަގު ބަންދު ކޮށްދިނުމަށް އެދި އިދިކޮޅު ފަރާތްތަކުން ސީޕީ އަރީފަށް ސިޓީ ފޮނުވާފައި މިވަނީ އާދީއްތަ ދުވަހުގެ ރޭ ސަރުކާރު ހިންގާ ޕީޕީއެމް އިން "ރާސްޓަސް" ގެ ނަމުގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި ޖަލްސާ ކުރިއަށް ގެންދިއުމަށް ފާށަނާކިލެގެފާނު މަގު ފުލުހުން ބަންދުކޮށް ސެކިއުރިޓީ ބަލަހައްޓާ ދީފައިވާތީއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް