Advertisement
ކ. މާލެ
|
26 އޯގަސްޓް 2024 | ހޯމަ 16:16
ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ސިޔާސީ މަގާމުތައް
ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ސަރުކާރަށް އަދިވެސް ނޭނގޭ
ނޫސްވެރިއަކު ވަނީ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ހާމަކޮށްދިނުމަށް އެދިފައި
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ސުވާލާ ނުގުޅޭ ވާހަކަތަކެއް ދައްކަވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު އަދިވެސް ހާމަނުވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ހާމަކޮށްދިނުމަށް އެދިފައެވެ. މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުއާ އެސުވާލު ކުރުމުން ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ނެތުމުން ފަހުން ހާމަ ކުރާނެ ކަމަށް ވިދާޅުވެފައިވާކަން ނޫސްވެރިޔާ ފާހަގަކުރިއެވެ.

Advertisement

މި ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ސުވާލާ ނުގުޅޭ ވާހަކަތަކެއް ދައްކަވާފައެވެ. މިނިސްޓަރު ޝަފީގު ވިދާޅުވީ ސިޔާސީ މަގާމުތަކުން ބޭފުޅުން ކެނޑެމުންދާ ކަމަށާއި، ސީދާ އަދަދުނެތް ކަމަށެވެ. އަދި މިނިސްޓަރު ޝަފީގު ވިދާޅުވީ ބޭނުންވަނީ ފުރިހަމަ މައުލޫމާތު ދޭންޖެހޭ ކަމަށާއި، އެ އިތުބާރު ގެއްލެން ބޭނުންނުވާ ކަމަށެވެ.

'ދެވަނަ ސުވާލުގައި ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ސިޔާސީ މުވައްޒަފުންގެ ވާހަކަ ފާހަގަކުރައްވައިފި. އެ އަޅުގަނޑު އެދުވަހު ދެންނެވިން ސީދާ ފިގަރ ނެތޭ. މިހާރު ވެސް އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ މިގާމުތަކުން ކެނޑެމުން ވެސް އެބަދޭ. އެހެންވީމަ އަޅުގަނޑަށް މިހެން ދަންނަވަން ވަގުތުން ތިބޭފުޅުން އަނެއްކާ ވެސް އެ އަދަދާ ދޭތެރޭގައި ތިބޭފުޅުން އަނެއްކާ ވެސް ސުވާލު ކުރާނެ. އެހެންވީމަ އަޅުގަނޑު ބޭނުންވަނީ ތިބޭފުޅުންނަށް ފުރިހަމަ މައުލޫމާތު ދޭން. އިތުބާރު ކުރެވޭ މައުލޫމާތެއް ދޭން
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

ރައީސް މުއިއްޒުގެ މިސަރުކާރަށް 9 މަހަށް ވުރެ ގިނަ ދުވަސްވެގެންދިޔައިރު ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވުން ނިމުމަކަށް އައިސްފައިނުވެއެވެ. މިސަރުކާރުން ގެންގުޅެމުންދާނީ ހާމަކަން ބޮޑު ސިޔާސަތެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިއަދާ ހަމައަށް ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ހާމަކޮށްފައިނުވެއެވެ. އަދި 700ށް ވުރެ ސިޔާސީ މަގާމުތައް އިތުރު ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް މިއަދަދު ފަހަނައަޅާ ގޮސްފައިވާ ކަމަށް ސަރުކާރުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް