ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 14:34
އައްޑޫ ސިޓީގައި ހުންނަ ޕީޖީ އޮފީހުގެ ކުޑަ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައި --
އައްޑޫ ސިޓީގައި ހުންނަ ޕީޖީ އޮފީހުގެ ކުޑަ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައި --
މުހައްމަދު ފަޒީން
އައްޑޫ ސިޓީ
އައްޑޫ ސިޓީގެ ޕީޖީ އޮފީހުގެ ކުޑަ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފި
މީހަކު ހައްޔަރުކޮށްފައެއް ނުވޭ

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)ގެ އޮފީހުގެ ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އައްޑޫ ސިޓީގެ ޕީޖީ އޮފީހުގެ ކުޑަ ދޮރެއްްގެ ބިއްލޫރިގަނޑަށް އެއްޗެއް އެއްލުމުގެ ސަބަބުން ތަޅައިގެން ގޮސްފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ބިއްލޫރިގަނޑު ތަޅައިގެން ދިޔުން ފިޔަވާ މާބޮޑު ގެއްލުމެއް ނުވާ ކަމަށެވެ.

އައްޑޫ ސިޓީގައި ހުންނަ ޕީޖީ އޮފީހުގެ ކުޑަ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައި --

އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 03:50 އެހާކަންހާއިރު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް