ބުޅާ މަހުން ހަދާފައިވާ ކާނާ ސޯސަން މާޓުގައި ހުރިކަމަށް ބުނެ ދައްކާ ވާހަކަތައް އެ ފިހާރައިން ދޮގުކޮށްފިއެވެ.
ބަންގުލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން ބުޅާ މަސް ބޭނުންކޮށްގެން ވިއްކި ކާތަކެތި ހުރި ފިހާރަތަކުގެ ނަންތައް ހިމެނޭ ލިސްޓެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ދޮގު މައުލޫމާތަކެއް ފަތުރަމުންނެވެ. އިމިގްރޭޝަންގެ ނަމުގައި ދައުރުކުރަމުންދާ ޕޯސްޓުގައި ބައެއް ފިހާރަތައް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ސޯސަން މާޓުގެ ނަންވެސް ހިމަނާފައިވެއެވެ.
މިކަމާއި ގުޅިގެން ސޯސަން މާޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބުދަ ދުވަހު އެކްސް/ފޭސްބުކް/ވައިބަރ ގައި ދައުރުވަމުންދާ ޕޯސްޓުގައި ބަންގުލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން ކާބޯތަކެތި ހަދާ ވިއްކުމަށް ލާފައިވާ ފިހަރާތަކުގެ ލިސްޓުގައި ސޯސަން މާޓު ހިމަނާފައިވާ ކަމަށެވެ.
ނަމަވެސް ސޯސަން މަޓަކީ އެއްވެސް އިެއްގައި ހެދިކާ ވިއްކާތަނެއް ނޫން ކަމަށާއި، މިފަދަ އެއްވެސް އެއްޗެއް ވިއްކުމަކީ އެ ފިހާރައިގެ ވިޔަފާރީގެ ސިޔާސަތެއް ނޫންކަމަށް ބުނެފައިވެއެވެ.
އަދި މިފަދަ ސައްހަ ނޫން ހަބަރުތައް ފެތުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ ދޭތެރޭ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އެ ފިހާރައިން ވަނީ އިލްތިމާސްކޮށްފައެވެ.
ބުޅާ މަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވެ، އެ މައްސަލައިގައި ބަންގުލަދޭޝްގެ 32 އަހަރުގެ މީހާ ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި އޭނާ އެކަން ކުރާތަން ކަމާއި ބެހޭ ފަރާތްތަކުން ބަލައި ފާސްކޮށް އެ މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.