ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 09:31
ފުލުހުން ހޯދަމުންދާ މީހާ
ފުލުހުން ހޯދަމުންދާ މީހާ
ޕޮލިސް
ފުލުހުން
މަކަރާ ހީލަތުން ފައިސާ ޓްރާންސްފާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ
ފައިސާ ޓްރާންސްފާ ކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ލަކީ ޑްރޯއެއްގެ ނަމުގައި
ހޯދަމުން ދަނީ ފުވައްމުލަކު މީހެއް

މަކަރާ ހީލަތުން ފައިސާ ޓްރާންސްފާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.

މަކަރާ ހީލަތުން ފައިސާ ޓްރާންސްފާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން ދަނީ ޏ. ފުވައްމުލަކު، ދަޑިމަގު، ސަންޝައިން، ނިޝާދު އަޙްމަދު (31އ) އެވެ.

ފުލުހުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ނިޝާދު އަޙްމަދު ހޯދަމުންދަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ ބޭންކް އޮފް މޯލްޑިވްސްގެ ލަކީޑްރޯއަކުން ހޮވިފައިވާކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ޓްރާންފާ ކުރުވާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

އެހެން ކަމުން ނިޝާދު އަޙްމަދުއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅާ އެ މައުލޫމާތެއް ހީއްސާ ކުރުމަށް އެދޭ ކަމަށް ފުލުހުންގެ އިއުލާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް