ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 20:38
ލައިސަންނެތި ސައިކަލް ދުއްވުމުން އަންހެނަކު ހައްޔަރު ކުރަނީ --
ލައިސަންނެތި ސައިކަލް ދުއްވުމުން އަންހެނަކު ހައްޔަރު ކުރަނީ --
ޓްވިޓަރ
ލައިސަންސް ނެތި ދުއްވުން
ލައިސަންސް ނެތި ސައިކަލް ދުއްވި އަންހެނަކަށް ކޮށްލިވަރު!
ލައިސަންސް ނެތި ސައިކަލް ދުއްވުމަކީ މަނާ ކަމެއް
މާރާމާރީ މައްސަލަތައް އިންތިހާއަށް، އެފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންނާ މެދު ފުލުހުން އަމަލު ކުރާ ގޮތާމެދު ތަފާތު ކަމަށް އާއްމުން ބުނޭ

ލައިސަންސް ނެތި ސައިކަލް ދުއްވުމަކީ މަނާ ކަމެކެވެ. އެކަމަކު މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރަންޖެހޭ ކަންތައްތަކެއް ވެސް ހުރެއެވެ. މީހުންގެ މެދުގައި ތަފާތު ކުރުން ގެންގުޅުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެކެވެ.

އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއެއްގައި ލައިސަންސް ނެތި ސައިކަލް ދުއްވައިގެން އަންހެނެއް ހައްޔަރު ކުރުމަށް ފިރިހެން ފުލުހަކާއި އަންހެން ފުލުހެއް މަސައްކަތް ކުރާތަން ފެނެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ލައިސަންސް ނެތި ސައިކަލް ދުއްވި އަންހެން މީހާއަށް އަނިޔާވާ ގޮތަށް ދެ ފުލުހުން އަމަލުކޮށްފައިވާއިރު، ފިރިހެން ފުލުހެއް އެ އަންހެން މީހާ ހައްޔަރު ކުރުމުގައި ހަރަކާތްތެރިވެ އެވެ.

ލައިސަންނެތް ސައިކަލް ދުއްވި މީހާ އަންހެން ފުލުހާއި ދިމާލަށް ކޮންމެވެސް އެއްޗެކޭ ބުނުމުން އަންހެން ފުލުސް މީހާ ބިޑިއަޅުވައިގެން ގެންދާނީ އޭބުނެ ގަދަކަމުން ބިޑިއަޅުވަން މަސައްކަތް ކުރިތަން ފެނިގެންދިޔަ އެވެ. އަދި ގަދަކަމުން ގެންގޮސް އޭނާ ވަނީ ފުލުހުންގެ ޖިޕަށް އަރުވާފަ އެވެ.

މިކަމެއް ހިނގާފައިވަނީ އައްޑޫ ސިޓީ މަރަދޫ ފޭދޫ ގައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ގުޅުމުން ފުލުހުން ވިދާޅުވީ ފުލުހުން ހިންގި ޓްރެފިކް އޮޕަރޭޝަނެއްގައި ފުލުހުންގެ ދައުރަށް ހުރަސްއެޅި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވުމާއެކު ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ބުނަމުންދަނީ ބޮޑެތި ކުށްވެރިން ހައްޔަރު ކުރުމުގައި ފުލުހުން މިވަރު އަރުވާނުލާ ކަމަށާއި ކޮންެމެ ދުވަހަކު މާރާމާރީ ހިންގާ މީހުން މަރަމުންދާއިރު ވެސް އެ މީހުން ފުލުހުންނަށް ހައްޔަރު ވެސް ނުކުރެވޭ ކަމަށެވެ.

ދާދިފަހުން ވަޅިން ހަމަލާދީ މަރާލާފައިވާ އަހުމަދު އަނަސް މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ "އޯގާތެރި" ކަމާމެދުވެސް ބައެއް ފަރާތްތަކުން ފާޑު ކިޔަމުން ގޮސްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް