ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 18:11
ގދ. ތިނަދޫގައި ޕީޕީއެމް އިން ބޭއްވި ހަރަކާތުގެ ތެރެއިން
ގދ. ތިނަދޫގައި ޕީޕީއެމް އިން ބޭއްވި ހަރަކާތުގެ ތެރެއިން
ޓްވިޓަރ
ތަރައްގީއާއެކު ރައްޔިތުން
ޕީޕީއެމްގެ ހަރަކާތަށް މުވައްޒަފުން ނުނެރުމުން ތިނަދޫ އެސްޓީއޯ މެނޭޖަރު ވަޒީފާއިން ވަކިކޮށްފި
"ތަރައްގީއާއެކު ރައްޔިތުން" ހަރަކާތުގައި ބައިވެރިނުވޭ
އޮނިގަނޑަށް ގެނައި ބަދަލެއް ކަމަށް ބުނެ
ޕީޕީއެމްގެ ހަރަކާތްތަކުގައި މަޖުބޫރުކޮށްގެން ބައިވެރިކުރުވާ ކަމަށް ބުނޭ

ޕީޕީއެމް އިން އިންތިޒާމް ކޮށްގެން ގދ. ތިނަދޫގައި ހޮނިހިރު ދުވަހު ބޭއްވި ހަރަކާތަށް ތިނަދޫ އެސްޓީއޯ ބްރާންޗުގެ މުވައްޒަފުން ނުނެރުނު ކަމަށް ބުނެ އެ ބްރާންޗުގެ މެނޭޖަރު ވަޒީފާއިން ވަކިކޮށްފި އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ހިނގާލުމަށް މުވައްޒަފުން ނެރުމަށް ތިނަދޫ އެސްޓީއޯ ބްރާންޗުގެ މެނޭޖަރު އަހުމަދު ލުތުފީ އަށް އެންގުމުން ވެސް އޭނާ އެކަން ކޮށްފައެއް ނުވެ އެވެ. މުވައްޒަފުންނަށް އެ ހަރަކާތުގައި ބައިވެރިވުމަށް ބާރުނޭޅުމުގެ އިތުރުން، އޭނާ ވެސް އެ ހަރަކާތުގައި ބައިވެރިނުވާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް، ކުއްލިއަކަށް އާދިއްތަ ދުވަހު އޭނާ ވަޒީފާއިން ވަކިކޮށް ހަވާލުކުރި ސިޓީގައި ބުނެފައިވަނީ، ކުންފުނީގެ އޮނިގަނޑަށް ގެނައި ބަަދަލެއްގެ ސަބަބުން އޭނާ އަދާކުރަމުންދިޔަ ވަޒީފާ އުވިފައިވާ ކަމަށެވެ.

 

އަހުމަދު ލަތީފަކީ ތިނަދޫ ކައުންސިލްގެ މެންބަރު މަރިޔަމް ނަރީމާން ޝަރީފްގެ ފިރިމީހާ އެވެ. ތިނަދޫ ކައުންސިލްގައި މުޅިން ތިބެނީ އެމްޑީޕީ ކައުންސިލަރުންނެވެ.

 

 ޕީޕީއެމް އިން ތިނަދޫގައި ހަރަކާތެއް ބޭއްވިއިރު، އެ ދާއިރާގެ ދެ މެންބަރުން ވެސް ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަންނަވާފަ އެވެ. އެގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގަންނަވާފަ އެވެ.

 

"ތަރައްގީއާއެކު ރައްޔިތުން" ގެ ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕީޕީއެމް އިން ބޭއްވި ހަރަކާތްތަކުގައި ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސަރވިސް މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ބައިވެރިކުރުވި ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، އެސްޓީއޯއާއި، ސްކޫލްތަކާއި، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންގެ ހާޒިރީ ބަލައިގެން އެ ހަރަކާތްތަކުގައި ބައިވެރިކުރުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

 

މީގެ ކުރިން ޕީޕީއެމް އިން ބޭއްވި ޖަލްސާތަކުގައި ވެސް، ހާޒިރީ ބަލައިގެން ވަކި ކޯޑްތަކެއް ދީގެން ކުންފުނިތަކާއި ސިވިލް ސަރވިސް މުވައްޒަފުން ބައިވެރިކުރުވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
14 އޯގަސްޓް 2017 | ހޯމަ 11:18
ޒަކަރިއްޔާ
އަނިޔާވެރި ޔާމީންގެ ސިކުނޑިއަށް ކެންސަރު ފަދަ ނުބައި ވޭންދެނިވި ބައްޔެއް ޖެއްސެވުމަށް އެދި ދުޢާކުރަން