Advertisement
ކ. މާލެ
|
6 އޯގަސްޓް 2024 | އަންގާރަ 15:41
މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން
މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން
ޓްވީޓަރ
މާލޭ ސިޓީ ކައުންސިލް
ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވީ މެމްބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބުދަ ދުވަހުގެ ރޭ
ސިޓީ ކައުންސިލްގެ ތިން ގޮނޑި ވެސް ކާމިޔާބު ކޮށްފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވީ މެމްބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބުދަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވީ ތިން މެމްބަރުން ހުވާ ކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ ބުދަ ދުވަހުގެ ރޭ ހ.މީރުމާ މާލަމުގަ އެވެ. އެ ރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

Advertisement

ސިޓީ ކައުންސިލުން ހުސްވެފައިވާ މަޤާމުތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބައި-އިލެކްޝަން ބާއްވާފައި ވަނީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. އެ އިންތިޚާބުގައި ސިޓީ ކައުންސިލްގެ ތިން ގޮނޑި ވެސް ކާމިޔާބު ކޮށްފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އެވެ. އެއީ ހުޅުމާލެ ދާއިރާގެ ގޮނޑި، ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި އަދި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި އެވެ.

ހުޅުމާލޭ ދާއިރާ އަށް އިންތިޚާބުވެފައި ވަނީ އަލީ އައިމަން އެވެ. މައްޗަން މެދު ދާއިރާ އަށް އިންތިޚާބުވެފައި ވަނީ ފާތިމަތު އިޝާން އަލީ އެވެ. އަދި ހެންވޭރު ހުޅަނގު ދާއިރާ އަށް އިންތިޚާބުވެފައި ވަނީ ފާތިމަތު ޝައުފާ ސަލީމް އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް