ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 11:19
ސްރީލަންކާގައި އީދު ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގައި ޒާހިޔާ ވާހަކަ ދައްކަވަނީ
ސްރީލަންކާގައި އީދު ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގައި ޒާހިޔާ ވާހަކަ ދައްކަވަނީ
ޓްވިޓަރ
ޒާހިޔާ ޒަރީރު
ޒާހިޔާ ވަކިކުރާކަމުގެ މައުލޫމާތެއް ލިބިފައެއް ނެތް: ހީނާ ވަލީދު
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަނާ މިހާރު ވަނީ ރާއްޖެ އަނބުރާ ވަޑައިގެންފައި
ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަން ކުރައްވާފައިވަނީ މޭ 2014 ގައި

ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު ޒާހިޔާ ޒަރީރު މަގާމުން ވަކިކުރާ ގޮތަށް ސަރުކާރުން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައި ނެތް ކަމަށް ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ވިދާޅުވީ ޒާހިޔާ މަގާމުން ވަކިކުރައްވާ  ގޮތަށް ސަރުކާރުން  ނިންމާފައިވާނަމަ އެ ނިންމުން ނިންމާނީ ރައީސް އޮފީހުން ކަމަށެވެ.

އެހެންކަމުން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މުއާޒަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ  ވަނީ މައުލޫމާތު ލިބޭ ނުވެފައެވެ.

ޒާހިޔާ ވަރަށް އަވަހަށް މަގާމުން ވަކިކުރާގޮތަށް ނިންމާފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަނާ މިހާރު ވަނީ ރާއްޖެ އަނބުރާ ވަޑައިގެންފައެވެ.

ޒާހިޔާ ލަންކާގައި ހުންނަވާ ދިވެހި  ސަފީރު ކަމުން ވަކިކުރައްވާނެ ކަމުގެ އަޑުތައް ފެތުރިފައިވާއިރު އެކަމަނާގެ ބަދަލުގައި ސަފީރަކަށް އައްޔަން ކުރައްވާނެ ބޭފުޅެއް އަދިނޭނގެއެވެ.

ޒާހިޔާ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަން ކުރައްވާފައި ވަނީ މޭ 2014 ގައެވެ. ޒާހިޔާ ވަނީ 2005 އިން 2008 އަށް ވަޒީރުކަން ވެސް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
13 އޯގަސްޓް 2017 | އާދީއްތަ 12:21
ހަސަން
ވަރަށް ހަޝް ހަޝް ކޮށް މިވާހަކަ ދައްކަނީ! އެކަމަކު ލަންކާގެ އެންބަސީ ގެ މީހުންނަށް އެނގޭނެއެއްނު އެމްބަސަޑަރެއް ނެތީމަ؟ އެއީ އިދިކޮޅު މީހުންތައް ގޮސް ލަންކާގަ ނާޗަރަނގީ ކުޅޭ އިރު ސަރުކާރަށް އެއްވެސް ސަޕޯރޓެއް ހޯދޭ ގޮތް ނުވާތީ ކަމަށް ބެލެވެނީ! އެތަނަށް ކޮންމެ މީހަކު ފޮނުވިއަސް ލަންކާގަ ތިބޭ ބޭރުގެ އެމްބަސީތަކުގެ ވިސްނުން ހިޔެއްނުވޭ ބަދަލު ކުރާނެ ހެނެއް1 އެހާވެސް ނެގެޓިވް ކޮށް ރާއްޖެ އާ ދޭތެރޭ ދެކެެނީ!