ކ. މާލެ
|
30 ޖުލައި 2024 | އަންގާރަ 07:59
ޚާން ޔޫނިސް އަށް ޔަހޫދީ ސިފައިން ދިން ހަމަލާއެއްގައި ޒަޚަމްވި ފަލަސްތީނުގެ އާއިލާ އަކަށް ފަރުވާ ދެނީ
ޚާން ޔޫނިސް އަށް ޔަހޫދީ ސިފައިން ދިން ހަމަލާއެއްގައި ޒަޚަމްވި ފަލަސްތީނުގެ އާއިލާ އަކަށް ފަރުވާ ދެނީ
އޭއެފްޕީ
ފަލަސްތީން އިސްރާއިލް ހަނގުރާމަ
މަރާއި، ބަލިމަޑުކަމާއި، ހައިހޫނު ކަމާއި، ސުންނާފަތި ކުރުން ގާޒާ ގައި ހުއްޓުމެއް ނެތް: އދ
ގާޒާގެ 85 އިން ސައްތަ ސްކޫލް އިމާރާތް އެއްގޮތަކަށްވެސް ބޭނުން ނުކުރެވޭ މިންވަރަށް އިޒްރޭލުން ބޮން އަޅާ ސުންނާފަތި ކޮށްލާފައިވާ ކަމަށް އދ އިން ބުނެފައިވެއެވެ.
ޚަބަރުގެ އޯޑިއޯ

މިދިޔަ ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 188 ފަލަސްތީން މީހުން މަރުވެފައިވާ ކަމަށާއި، 520 މީހުން ޒަޚަމްވެފައިވާ ކަމަށާއި، ސްކޫލްތަކާއި ގެދޮރަށް ބޮން އަޅާ ސުންނާފަތި ކޮށްފައިވާ ކަމަށް އދ ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް އިން ހާމަ ކޮށްފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ދާރުލް ބަލާހްގެ އަންހެން ކުދިންނަށް ޚާއްސަ ކޮށް ހިންގާ ޚަދީޖާ ސްކޫލަށް އިޒްރޭލް ސިފައިން ބޮން އަޅާފައިވެއެވެ. މި ހާދިސާގައި 30 މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާ އަންހެނުން ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

އަނެއްކޮޅުން ޚާން ޔޫނިސް އާއި ރަފަހް އާއި ދާރުލް ބަލާހް އިން ފަލަސްތީން މީހުން ފައިބައިގެން ދިއުމަށް އިޒްރޭލު ސިފައިން ނެރުނު އަމުރުގެ ސަބަބުން މަދުވެގެން ދެ ލައްކަ ފަލަސްތީން މީހުން ހާލުގައި ޖެހިފައިވާ ކަމަށް އދ އިން ބުނެފައިވެއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ގާޒާ ގެ 564 ސްކޫލްގެ ތެރެއިން 477 ސްކޫލެއް އަލުން އިމާރާތް ކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތި ވެފައިވާ ކަމަށް ވެސް އދ ގެ ހިއުމެނިޓޭރިއަން އޮފީހުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް