ކ. މާލެ
|
12 އޯގަސްޓް 2017 | ހޮނިހިރު 23:49
ދިވެހި ކިޔަވާކުދިން ތިބޭ މެޑިކަލް ކޮލެޖް ހޮސްޓެލްގެ ލިފްޓުގައި ފެން ބޮޑުވެފައި
ދިވެހި ކިޔަވާކުދިން ތިބޭ މެޑިކަލް ކޮލެޖް ހޮސްޓެލްގެ ލިފްޓުގައި ފެން ބޮޑުވެފައި
ޓްވިޓަރ
ނޭޕާގައި ފެންބޮޑުވުން
ނޭޕާލްގައި ފެންބޮޑުވެ، ދިވެހި ދަރިވަރުންތަކެއް އެހީތެރިކަން ބޭނުންވެފައި
ފޮރިން މިނިސްޓްރީ ދަނީ މިކަން ބަލަމުން

ނޭޕާލުގައި ދިވެހިން ތިބި ސަރަހައްދެއްގައި ފެންބޮޑުވެ ބައެއް ދިވެހިންނަށް އެހީތެރިކަން ދޭންޖެހިއްޖެއެވެ. 

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެޙީއަށް އެދެންޖެހުނީ   ނޭޕާލްގައި މަތީ ތައުލީމް ހާސިލް ކުރަމުންދާ 25 ދިވެހި  ދަރިވަރުންނެވެ.  ނޭޕާލްގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދިވެހި ބައެއް ކުދިން ދިރިއުޅެމުންދާ ހޮސްޓެލްގައި ފެންބޮޑުވެ އެ ކުދިނަން ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް މައުލޫމާތު ލިބިފައެވެ.'

 

ބައެއް މީޑިއާތަކަށް ނޭޕާލްގައި ދިރިއުޅެމުންދާ ކުދިންގެ އާއިލާއިން މައުލޫމާތު ދެމުން ބުނެފައިވަނީ  އެ ކުދިން ދިރިއުޅެމުންދާ ހޮސްޓެލްގެ ގްރައުންޑު ފްލޯ އިން ފެށިގެން ފުރަތަމަ ފަންގިފިލާގެ ވަކި ހިސާބަކަށް ފެންބޮޑުވެފައިވާ ކަމަށެވެ. ގުރައުންޑް ފުލާގައި ދިރިއުޅެމުންދާ ކުދިން މިހާރު އެ ހޮސްޓެލްގެ ހަތަރު ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެވެ.

މިކަމާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ފޮރިންގ މިނިސްޓްރީން ބުނެފައިވެއެވެ. . ފެންބޮޑުވެގެން ދަތިތަކާއި ކުރިމަތިވި ދިވެހި ކުދިންގެ ހާލު ފޮރިންގ މިނިސްޓްރީ މިހާރު ދަނީ ބަލަމުންވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް