ކ. މާލެ
|
12 އޯގަސްޓް 2017 | ހޮނިހިރު 21:57
ކުކުޅު ބިސް
ކުކުޅު ބިސް
ޓްވިޓަރ
ފިޕްރޯނިލް ކެމިކަލް
ނެދަލޭންޑްސް ފިޔަވައި ފިޕްރޯނިލް އިން ތަޣައްޔަރުވެފައިވާ ބިހުގެ މައްސަލަ ދިމާވި އެެހެން ގައުމަކުން ބިސް އެތެރެ ކޮށްފައެއް ނުވޭ
މިހާތަނަށް ފިޕްރޯނިލް ކެމިކަލް ހިމެނޭ އެއްވެސް ބެޗެއްގެ ބިސް އެތެރެކޮށްފައިވާކަން ފާހަގަކުރެވިފައިނުވޭ
ބިސް ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަން ދޭންޖެހޭ
ފިޕްރޯނިލް އަކީ އިންސާނުން ކެއުމަށް ބޭނުންކުރާ ޖަނާވާރުގައި ބޭނުން ކުރުން މަނާ އެއްޗެއް

މި ފާއިތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި ނެދަލޭންޑްސް ފިޔަވާއި ފިޕްރޯނިލް އިން ތަޣައްޔަރުވެފައިވާ ބިހުގެ މައްސަލަ ދިމާވި އިތުރު އެެހެން ގައުމަކުން ރާއްޖެއަށް ބިސް އެތެރެކޮށްފައި ނުވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީން ބުނީ ފިޕްރޯނިލްގެ މައްސަލަ ދިމާވެފައިވާ ނެދަރލޭންޑްސް އިން ރާއްޖެއަށް ބިސް އެތެެރެކޮށްފައިވާ އިރު އެތެރެކޮށްފައި ވަނީ ވަރަށް މަދު އަދަދެއް ކަމަށާއި އޭގެ ތެރޭގައި ތަޣައްޔަރުވެފައިވާ ކަމަށް މިހާތަނަށް އިއުލާނުކޮށްފައިވާ  އެެއްވެސް ބެޗެއްގެ ބިސް ރާއްޖެއަށް އެތެެރެ ކޮށްފައިނުވާ  ކަމަށެވެ.

އެމްއެފްޑީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބިހާއި ބިހުގެ ބާވަތްތައް  ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފަ އެވެ.

ނެދަލޭންޑްސް، ބެލްޖިއަމް، ޖަރުމަން އަދި ފަރަންސޭސި ވިލާތުން ބާޒާރަށް ނެރެފައިވާ ބައެއް ކުކުޅު ބިހުގައި "ފިޕްރޯނިލް" ޕެސްޓިސައިޑުގެ އަސަރު ހުރި ކަމަށް ހުޅަނގުގެ  ގައުމުތަކުން ކުރި ތަހުލީލުތަކުން ކަށަވަރު ވާތީ އޭގެ އަސަރު ކޮށްފައިވާ ކުކުޅު ބިހުގެ ބެޗުތައް އެގައުމުތަކުގެ ބާޒާރުން ދަނީ ނަގަމުންނެވެެ. ފިޕްރޯނިލް އަކީ ބުޅާ، ކުއްތާ އަދި ޖަނަވާރުތަކުގައި އަޅާ އުކުނު ފަދަ ސޫފި ނައްތާލުމަށް ބޭނުން ކުރާ ކެމިކަލެކެވެ.

މިއީ އިންސާނުން ކެއުމަށް ބޭނުން ކުރާ ޖަނަވާރާއި އެފަދަ ތަކެތި ގެންގުޅޭ ތަންތަނުގައި ބޭނުން ކުރުން މަނާ ކެމިކަލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް