ކ. މާލެ
|
12 އޯގަސްޓް 2017 | ހޮނިހިރު 20:51
ކަނިފިނޮޅުގައި ހިނގި އަލިފާނުގެ ހާދިސާ
ކަނިފިނޮޅުގައި ހިނގި އަލިފާނުގެ ހާދިސާ
ލީވާން އަލީ
އަލިފާނުގެ ހާދިސާ
ކަނިފިނޮޅު ރިސޯޓުގެ ދެ ރޫމުގައި އަލިފާން ރޯވެއްޖެ!
މިހާދިސާގައި އަލިފާން ފޯވެފައިވަނީ މޫދު ކޮޓަރިއެއްގައި
މޫދު ކޮޓަރިވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ

ކަނިފިނޮޅުގައި ހުރި ދެ ރޫމެއްގައި އަލިފާން ރޯވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފް މީޑިޔާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ، ކަނިފިނޮޅު ރިސޯޓުގެ ރޫމެއްގައި އަލިފާން ރޯވެފައިވާ ކަމަށް ފުރަތަމަ މައުލޫމާތު ލިބިފައިވަނީ .18.20 ހާއިރު ކަމަށެވެ. 

އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗްގައި އެފްއާރުއެސްގެ ފަޔަރ ފައިޓަރުން އެރިސޯޓަށް ދިިޔަ އިރު އެ ރިސޯޓްގެ މުވައްޒަވުން ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން މިރޭ 18:50 ހާއިރު  ނިއްވާލާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. 

މިހާދިސާގައި އަލިފާން ރޯވެފައި ވަނީ އެރިސޯޓްގެ މޫދު ކޮޓަރިއެއްގައެވެ. މިހާދިސާގައި އަލިފާން ރޯވި ރޫމް ބޭނުން ނުކުރެވޭ ވަރަށް އަނދާ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ

 މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ފަޔަރ އެންޑް ރެސްކިއު ޓީމުން ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފް  އިން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް