ކ. މާލެ
|
22 ޖުލައި 2024 | ހޯމަ 12:07
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ޔޫސުފް ސޮފްވާން ރަޝީދު
ގިނަ އަދަދެއްގެ ޑޯމަންޓް އެކައުންޓުހުރުން
ގިނަ އަދަދެއްގެ ފައިސާ ހުރި 42،800 ޑޯމަންޓް އެކައުންޓު އެބަހުރި: އެމްއެމްއޭ
ރާއްޖޭގައި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެއްވެސް މުއާމަލާތެއް ހިންގާފައިނުވާ 42،800 ބޭންކް އެކައުންޓް އެބަހުރި ކަމަށެވެ. އެމްއެމްއޭއިން ބުނީ ޑޯމަންޓް އެކައުންޓުގެ ގޮތުގައި 42،800 އެކައުންޓް އެބަހުރި ކަމަށާއި، މި އެކައުންޓްތަކުގައި 6 މިލިއަން ޑޮލަރާއި 160 މިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. މި އެކައުންޓުތަކުގެ ވެރިން މި ފައިސާ ނެގުމަށް ނުވަތަ އެކައުންޓް ބޭނުންކުރުމަށް އެމްއެމްއޭއިން އެދިފައިވެއެވެ. މި ފައިސާ ނެގޭނީ ޚާއްސަ ފޯމަކުންނެވެ.

ރާއްޖޭގައި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެއްވެސް މުއާމަލާތެއް ހިންގާފައިނުވާ 42،800 ބޭންކް އެކައުންޓް އެބަހުރި ކަމަށާއި، އެކައުންޓުތަކުގައި ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

އާދިއްތަ ދުވަހު އެމްއެމްއޭއިން ބުނީ އެއްވެސް މުއާމަލާތެއް ނުކުރާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވީ ޑޯމަންޓް އެކައުންޓުގެ ގޮތުގައި 42،800 އެކައުންޓް އެބަހުރި ކަމަށާއި، މި އެކައުންޓްތަކުގައި 6 މިލިއަން ޑޮލަރާއި 160 މިލިއަން ރުފިޔާ އެބަހުރި ކަމަށެވެ.

މި އެކައުންޓުތަކުގެ ވެރިން މި ފައިސާ ނެގުމަށް ނުވަތަ އެކައުންޓް ބޭނުންކުރުމަށް އެމްއެމްއޭއިން އެދިފައިވެއެވެ. މި ފައިސާ ނެގޭނީ ޚާއްސަ ފޯމަކުންނެވެ.

ޑޯމަންޓް އެކައުންޓަކީ ރާއްޖޭގެ ބޭންކިންގްއާ ބެހޭ ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން އެއްވެސް ބޭންކެއްގެ ޑިޕޮސިޓް އެކައުންޓަކީ ވިދިވިދިގެން 5 އަހަރު ވަންދެން މުއާމަލާތެއް ކޮށްފައިނުވާ އެކައުންޓެއްނަމަ އެ އެކައުންޓަކީ ޑޯމަންޓް އެކައުންޓެއް ކަމުގައި ކަނޑައެޅޭނެއެވެ.

މީގެ އިތުރުން އެމްއެމްއޭއިން ބުނީ ބޭންކުން އެއޮތޯރިޓީއާ ފައިސާ ހަވާލުކުރުމަށްފަހު ވެސް ކަސްޓަމަރަށް އެ ފައިސާ އަނބުރާ ލިބޭނެއެވެ. ބޭންކުން އެމްއެމްއޭ އަށް ފޮނުވާ ޑޯމަންޓް އެކައުންޓްގެ ފައިސާ 5 އަހަރު ދުވަހުގެ މުއްދަތަކަށް އެމްއެމްއޭގައި ބެހެއްޓުމަށްފަހު އެ ފައިސާ ހަވާލުކުރެވޭނީ ފިނޭންސް މިނިސްޓްރީއަށެވެ. އަދި ޑޯމަންޓް އެކައުންޓްގެ ފައިސާ އެއިރެއްގައި ހަވާލުކުރެވިފައިވާ ތަނަކުން އެކައުންޓެއްގެ ވެރި ފަރާތަށް ނެގޭނެ ކަމަށް އެއޮތޯރިޓީން ބުނެއެވެ.

އެމްއެމްއޭއިން ވަނީ އެކައުންޓް ޑޯމަންޓްވުމުގެ ފުރުސަތު ނުދިނުމަށާއި، މިހާރު ޑޯމަންޓް އެކައުންޓެއް ކަމަށް ބޭންކުތަކުން އަންގާފައިވާ ނުވަތަ ދުވަހު ނޫހެއްގައި ނުވަތަ ސަރުކާރުގެ ގެޒެޓްގައި ލިސްޓްކުރެވިފައިވާ އެކައުންޓްތަކުގެ ވެރިފަރާތްތަކުން، ދެވިފައިވާ މުއްދަތުގައި އެކައުންޓް އެކްޓިވޭޓް ކުރުމަށް ނުވަތަ އެކައުންޓްގައިވާ ފައިސާ ބޭންކުން ނެގުމަށް އެދިފައިވެއެވެ. އަދި ފައިސާ އެމްއެމްއޭއަށް ފޮނުވާފައިވާނަމަ އެފައިސާ ލަސްނުކޮށް ނެގުމަށް ވެސް އެދިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް