ކ. މާލެ
|
12 އޯގަސްޓް 2017 | ހޮނިހިރު 01:44
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސެއިން އަރީފް - އޭނާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހުސެއިން އަރީފް - އޭނާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
މުހައްމަދު ޝަރުހާން
ރައްޔިތުންގެ ބަދަލު
އިސްލާމީ ތާރީހުގައި ފެނިފައިވަނީ އަނިޔާވެރިންގެ ބާރު ނެތިގެން ގޮސްފައިވާތަން: އަރީފް
ބޮޑުތިލަދުންމަތި އިސްލާހީ މަސައްކަތަށް ނިކުންނާނެ
މިކުރާ މަސައްކަތަކީ ކާފަދަރިންނަށްނަށްޓަކައި ކުރާ ކަމެއް
ވެރިން އަބަދު ވެސް ބޭނުންވާން ޖެހޭނީ ރައްޔތުންގެ ލޯބި

އިސްލާމީ ތާރީހުގައި ފެންނަން އޮތީ އަނިޔާވެރިންގެ ނިމުން އައިސްފައި އޮތް މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް ވިދާޅުވެއްޖެއެވެ. އަރީފް މިފަދައިން ވިދާޅުވީ އިދިކޮޅު ފަރަތްތަކުން އެމްޑީޕީ ހަރުގެ ކުރިމަތީގައި ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ސުލްހަވެރި އެއްވުމުގައެވެ. 

 

ހުސެއިން އަރީފު ވިދާޅުވީ ވެރިން އަބަދު ވެސް ބޭނުންވާން ޖެހޭނީ ރައްޔތުންގެ ލޯބި ކަމަށެވެ. އަދި މިގައުމުގައި އެއްވެސް މީހަކު ދުސްމަން ވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. 

 

އަރީފް ވިދާޅުވީ ކުރަމުންދާ މަސައްކަތަކީ އިސްލާހީ މަސައްކަތް ކަމަށެވެ.  އެ މަސައްކަތް ކުރަނީ ކާފަ ދަރިންގެ ހައްގުގައި ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ގައުމު މި އޮތް ގޮތަށް ކާފަދަރިންނާއި ހަމައަށް ގެންދިޔުމަށް ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ކުރެވޭ މަސައްކަތުން ނަތީޖާއެއް ނުލިބި މިގައުމު ކާފަ ދަރިންނާއި ހަމައަށް ގޮސްފިނަމަ ތެދުބަހުން އަރީފަށް ކުރެވުނު މަސައްކަތް ކާފަދަރިންނަށް ކިޔައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. 

 

ރާއްޖޭގައި މިހާރު ރައްޔިތުންނަށް ލިބެމުންދަނީ އަނިޔާ އާ ބޭއިންސާފު ކަމަށް ވެސް އަރީފް ވިދާޅުވިއެވެ.   މި އެއްވުމުގައި ވާހަކަ ދައްކަވަމުން  ރައީސް ޔާމީނަށް ނިސްބަތް ކުރައްވައި އަރީފް ވިދާޅުވީ އެމަނިކުފާނަށް މިހާރު ޖެހިވަޑައިގެންފައިވާ ހާލުކޮޅަކީ " ބޮކަށް" ޖެހުނު ހާލުކަމަށެވެ.  އަދި ރައީސް ޔާމީނަށް މަޖިލީހުގެ މެޖޯރިޓީގެއްލި މެންބަރުންކޮޅު ގެއްލުމުން ކަމެއް ވެއްޖެ ކަން އެނގިވަޑައިގެންފި ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް އަރީފް ވިދާޅުވީ އިސްލާހީ މަސައްކަތުގެ އެންމެ ކުރިޔަށް ބޮޑުތިލަދުންމަތި ނިކުންނާނެ ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް