ކ. މާލެ
|
11 ޖުލައި 2024 | ބުރާސްފަތި 12:34
ބަނޑޭރި ޕޭއިން އެމް-ފައިސާ މެދުވެރިކޮށް ސަރުކާރުގެ ހިދުމަތްތަކަށް މިހާރު ފައިސާ ދެއްކޭނެ
ބަނޑޭރި ޕޭއިން އެމް-ފައިސާ މެދުވެރިކޮށް ސަރުކާރުގެ ހިދުމަތްތަކަށް މިހާރު ފައިސާ ދެއްކޭނެ
އުރީދޫ
ބަނޑޭރި ޕޭ
ބަނޑޭރި ޕޭއިން އެމް-ފައިސާ މެދުވެރިކޮށް ސަރުކާރުގެ ހިދުމަތްތަކަށް މިހާރު ފައިސާ ދެއްކޭނެ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަން އިތުރުވެގެންދާނެ

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ، އެކި ހިދުމަތްތަކަށް ފައިސާ ދެއްކުމަށް ސަރުކާރުގެ ރަސްމީ ޕޯޓަލް ބަނޑޭރި ޕޭއިން ޕޭމަންޓް އޮޕްޝަނެއްގެ ގޮތުގައި ބޭނުންކުރަން ފަށައިފިއެވެ.

އުރީދޫއިން މައުލޫމާތު ދޭ ގޮތުގައި މިއީ ފައިސާގެ މުއާމަލާތްތައް ޑިޖިޓައިޒްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަން އިތުރުވެ ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ބަނޑޭރި ޕޭއަށް އެމް-ފައިސާ ހިމެނުމާއެކު، ސަރުކާރުގެ ހިދުމަތްތަކަށް ބޭނުންވާ ފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގައި މެދުކެނޑުމެއް ނެތި، ރައްކާތެރި އަދި ހަރުދަނާ ގޮތްތަކެއް ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވޭނެ އެވެ.

ލައިސަންސަށް ފައިސާ ދެއްކިޔަސް، ހުއްދައަށް ވިޔަސް، ނުވަތަ ސަރުކާރާ ގުޅުންހުރި އެހެން ފީއަކަށް ވިޔަސް، އެމް-ފައިސާ މެދުވެރިކޮށް މޮބައިލް ޑިވައިސްއެއްގެ އެހީގައި އުނދަގުލެއް ނެތި ޑިޖިޓަލް ޕޭމަންޓް އެކްސްޕީރިއަންސެއް ކަށަވަރުކޮށްދޭ ޙިދުމަތެކެވެ.

އެމް-ފައިސާއާ އެކު، ޑިޖިޓަލް ޕޭމަންޓްތައް އިތުރަށް ފަސޭހަކޮށްދިނުމުގެ އިތުރުން ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް ފުޅާކުރަމުންދާކަންވެސް އުރީދޫއިން ފާހަގަ ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް