ކ. މާލެ
|
11 އޯގަސްޓް 2017 | ހުކުރު 20:31
މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު އީސާ މި މަހުގެ ހަވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްގެން ޕޮލިހަށް ގެންދަނީ
މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު އީސާ މި މަހުގެ ހަވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްގެން ޕޮލިހަށް ގެންދަނީ
ޓްވިޓަރ
އަހްމަދު އީސާ
އަހްމަދު އީސާ ބަންދުން ދޫކޮށްލައިފި
އަހްމަދު އީސާ ހައްޔަރުކުރީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އީސާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

އަހްމަދު އީސާއާއި އެމްޑީޕީގެ ބައެއް މެމްބަރުން ހައްޔަރުކުރީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގެ ތެރެއިންނެވެ.

އަހްމަދު އީސާ ދޫކޮށްލީ އޭނާގެ ތަހްގީގަށް ކޯޓުން ޖަހައިގެން ފަސް ދުވަހުގެ މުއްދަތު ހަމަވާތީވެ، މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން ހުކުރު ދުވަހު ކްރިމިނަލް ކޯޓުންނެވެ.

އަހްމަދު އީސާގެ އިތުރުން އޭނާއާއެކު އެއްވުމުން ހައްޔަރުކުރި ދެ މީހުން ވަނީ ކުރިން ދޫކޮށްލައިފައެވެ.

މިފަހަކަށް އައިސް އިދިކޮޅު ޕާޓީތަކުން ދަނީ ކޮންމެ ރެއަކު މާލޭގައި އެއްވުންތައް ބާއްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް