ކ. މާލެ
|
11 އޯގަސްޓް 2017 | ހުކުރު 16:45
ފާރިސް މައުމޫނު ކޯޓުން ނިކުމެވަޑައިގަންނަވަނީ:--
ފާރިސް މައުމޫނު ކޯޓުން ނިކުމެވަޑައިގަންނަވަނީ:--
މުހައްމަދު ޝަރުހާން
އަޙުމަދު ފާރިސް މައުމޫން
ފާރިސްގެ މައްޗަށްކުރާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި
މި މައްސަލާގެ އަޑުއެހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކެންސަލްކޮށްފަ
މި މައްސަލާގައި މިހާތަނަށް ހަތަރު ބައްދަލުވުމެއް ބާއްވާފައިވޭ
ފާރިސް ހައްޔަރުކޮށްފައި ހުންނެވީ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނުކަމުގެ ތުހްމަތުގައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަހުސް އޮޅުވާލުމުގެ ދައުވާގެ އަޑުއެހުން ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި އެވެ.

 

ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 11.30 އަށެވެ. 

 

ޝަހުސް އޮޅުވާލުމުގެ މި ދައުވާއާ ގުޅިގެން ހިންގާ ޝަރީއަތުގައި މިހާތަނަށް ގޮސްފައިވަނީ އިބްތިދާއީ އަޑުއެހުންތަކެވެ.  ފާރިސްގެ ޝަރީއަތް ކުރިއަށް ގެންދެވިދާނެ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ. 

 

ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް ޝަރީއަތް ކުރިއަށްދާއިރު ފާރިސްގެ މައްޗަށް ތުހްމަތުކުރާ ރިޝްވަތު ދިނުމުގެ ތުހުމަތުގެ ތަހްގީގައްޓަކައި ވަކި މުއްދަތެއް ނެތް ގޮތަށް އޭނާ ހުންނެވީ ހައްޔަރުކޮށްފަ އެވެ. 

 

ރިޝްވަތު ދޭން އުޅުމުގެ ތުހްމަތު ފާރިސްގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން މަޖިލިސް މެންބަރުންނަށް ރިޝްވަތުދޭން އުޅުނު ކަމަށްބުނެ އެވެ. ނަމަވެސް އެ މައްސަލާގައި އަދި ދައުވާ ކޮށްފައެއް ނުވެއެވެ.

 

ފާރިސްގެ މައްޗަށް ކުރާ ޝަހްސް އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް މިދިޔަ ބުރާސްފަތި ދުވަހަށް ތާވަލުކުމަށްފަހު ވަނީ ކެންސަލްކޮށްފައެވެ. އެ އަޑުއެހުން ކެންސަލްކުރީ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ކަންކަން ދިރާސާކުރުމަށް ދައުލަތުގެ ވަކީލުން ވަގުތު ބޭނުންވާތީ އެވެ. ޝަރީއަތް ކެންސަލްކުރީ ފާރިސް ޝަރީއަތަށް ކޯޓަށް ހާޒިރު ވެސް ކުރުމަށްފަހު އެވެ.

 

އެ މައްސަލާގެ ޝަރީއަތްތައް ފެށުމުގެ ކުރިން މިހާތަނަށް ހަތަރު ބައްދަލުވުމެއް ބާއްވާފައިވެ އެވެ. އަދި ދެން އޮންނާނީ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާމެދު ފާރިސް ދެކިވަޑައިގަންނަވާގޮތް ޝަރީއަތަށް ވިދާޅުވުމެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް