ކ. މާލެ
|
11 އޯގަސްޓް 2017 | ހުކުރު 00:02
އިމްތިޔާޒް ފަހުމީ
އިމްތިޔާޒް ފަހުމީ
ރާއްޖެއެމްވީ
ފަލަ ސުރުޚީ
އެއްވުން ތަކުގައި ބައިވެރިވާ އާއްމު ރައްޔިތުންގެ ސަބަބުން ބޮޑު ކާމިޔާބީއެއް ދަނީ ލިބެމުން:އިންތި
އެންމެންވެސް މިހާރު މިވަނީ ސިޔާސީ ކަންކަމުގައި ލޯ ހުޅުވިފައި
ރާއްޖޭގައި މިހާރަކު ސިއްރުން ކަމެއް ނުކުރެވޭނެ
ޕެޕަރ ސްޕްރޭ ޖެހިއަސް ކިތަންމެ އަނިޔާއެއް ދިނަސް ރައްޔިތުން ފަހަތަކަށް ނުޖެހޭ

ރާއްޖޭގައި އިސްލާހަށް ލޯބިކޮށް ހިންގާ ޙަރަކާތްތަކުގައި ބައިވެރިވާ ޢާއްމު ރައްޔިތުންގެ ސަބަބުން މުޅި ހަރަކާތައް ވަރަށް ބޮޑު ކުރިއެރުމަކާއި ކާމިޔާބީއެއް ލިބެމުންދާ ކަމަށާއި އެފަރާތްތަކަށް އައްސަރިބަހުން ސާބަސް ރައްދު ކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސްޕޯކްސް ޕާސަންގެ ގޮތުގައިވެސް ހުންނަވާ އިމްތިޔާޒް ފަހުމީ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އިންތި ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖޭގައި ޑިމޮކްރެޓިކް މަސައްކަތް ފެށުނުތާ އަދި މާގިނަ ދުވަސްތަކެއް  ވެފައިނުވާ ކަމަށާއި އެހެން ނަމަވެސް ރައްޔިތުންގެ ހޭލުންތެރިވެފައި ވަނީ ވަރަށް މަތީ ދަރަޖައަކަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުން ތަކަކާއި ކާމިޔާބީތަކެއް ވެސް އިސްލާހީ މަސައްކަތުގައި ލިބިފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.

"ލޯހުޅުވިފައިވާ މިންވަރު އެނގެނީ. މިކަމުގައި ޝާމިލް ނުވާ އެކަކުވެސް ނޫޅޭ. ސައި ހޮޓާތަކުގައި ވެސް ޓްވިޓަރއާ ފޭސްބުކްގައިވެސް މިވާހަކަ. ބޮޑެތި ޓީވީ ޗެނަލްތަކުގައިވެސް މިވާހަކަ. މުޅި ޤައުމުގައި މިވާހަކަ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ވަރަށް ބޮޑު ކުރިއެރުމެއް. މުޅި ދުނިޔޭގެ ލޯވެސް ވަނީ ހުއްޓިފައި. މިހާރު މިއިން އެއްވެސް ކަމެއް ސިއްރިޔާތުގައި ނުކުރެވޭނެ ވަރަށް ލޯ ހުޅުވައިދެވިއްޖެ" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ މިކަމުގައި ޢާއްމު ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑު ކަމަށާއި އެފަރާތްތަކުން ކުރަމުންދާ ހިތްވަރު ވަރަށް ގަދަ ކަމަށެވެ. ކޮންމެ އިރެއްގައި ކޮންމެ ގަޑިއެއްގައި  އެއްވުމެއް އޮތަސް ގިނަ ބަޔަކު ދަނީ ބައިވެރިވަމުން ކަމަށާއި މިހާބޮޑު ކާމިޔާބީއެއް ލިބިފައިވަނީ އެހެންވެގެން ކަމަށެވެ

އަދި ޕެޕަރްސްޕްރޭއާއި މުގުރުން އަނިޔާ ކުރިއަސް ފަހަތަކަށް ނުޖެހޭ ކަމަށާއި ފަހަތަށް ނުޖެހޭ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

"ވަރަށް ބޮޑު ޚިދުމަތެއް ވަރަށް ބޮޑު މަސައްކަތެއް އެކޮށް ދެނީ. އަޖައިބުވެ އަންތަރީސްވާ ަ ވަރުގެ ރައްޔިތުން ތަކެއްއެދައްކަނީ. ކިތައްމެ ނާއިންސާފް އަނިޔާއެއް ދިނަސް ފަހަތަށް ނުޖެހޭތަން މިފެންނަނީ. ޖަލަށްލީ އެކަކުވެސް ފަހަށް ނުޖެހި ކުރިއަށްދާތަން މިފެންނަނީ. ހަމަ އައްސަރިބަހުން ސާބަސްދެން. އިރާދަ ކުރެއްވިއްޔާ މިކަމުގެ ފަހު ދުވަސްކޮޅު މިފެންނަނީ" އިންތި ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް