ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 21:26
ނަދީމް އަބްދުއްރަހީމް
ނަދީމް އަބްދުއްރަހީމް
ފޭސްބުކް
ނަދީމުގެ މަރު
ނަދީމްގެ މަރާ ގުޅިގެން ގ. ޖެލީފިޝް ބަލަން ފަށައިފި!
ނަދީމަށް ހަމަލާދީފައިވަނީ މިދިޔަ ޖުލައި 27 ގައި
ނަދީމް މަރުވެފައިވަނީ ޖުލައި 29 ވަނަ ދުވަހު ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް
ޖެލީފިޝް ގެއިން ގިނަ އަދަދެއްގެ ސާމާނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ

ޖުލައި މަހުގެ 27 ވަނަ ދުވަހު ޓާމިނަލް ކެފޭއަށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ޒުވާނަކަށް ވަޅިން ހަމަލާދިން މައްސަލައާ ގުޅިގެން މާލެ ގެއެއް ބަލާ ފާސްކުރަން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ބަލައި ފާސްކުރަމުން ދަނީ ގ. ޖެލީފިޝް އެވެ. އެ ގެއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބައެއް ނޫސްތަކުގައި ބުނެފައިވެ އެވެ. ނަމަވެސް އެކަން ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ. 

އުމުރުން 24 އަހަރުގެ ނަދީމުގެ ބޮލަށް ވަޅި ޖަހާފައިވާ އިރު އެ ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް އޭނާ ނިޔާވެފައިވަނީ ޖުލައި 29 ވަނަ ދުވަހު އެވެ. ނަދީމަށް ހަމަލާދީފައިވަނީ މޫނު ނިވާކޮށްގެންތިބި ހަތަރު މީހުން އައިސް އެވެ. ނަދީމަށް ހަމަލާދިން ވަޅިވެސް ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު އޮތެވެ.

މައުލޫމާތު ލިބޭ ގޮތުގައި ގ.ޖެލީފިޝް ބަލާ ފާސްކުރަނީ މިއަދު ހަވީރު 04:00 ފެށިގެންނެވެ. އެގެއިން ބައެއް ތަކެތިވެސް ފުލުހުން ގެންގޮސްފައިވެ އެވެ.  ޖެލީފިޝް ގެ ހުންނަ ސަރަހައްދުގައި ފުލުުހުން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. 

ނަދީމުގެ މަރާ ގުޅިގެން ފުލުހުން ގ. ޖެލީފިޝް ބަލާފާސްކޮށްފައިވާ އިރު މިދިޔަ ޖުލައި 31 ވަނަ ދުވަހުވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ރ. މީދޫއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މުހައްމަދު އަނަސް ވަނީ މަރާލާފަ އެވެ. އެ މައްސަލަގައި އަމަލީގޮތުން ބައިވެރިވި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
10 އޯގަސްޓް 2017 | ބުރާސްފަތި 21:50
MahE
Mahuloof bunefiyya e vani thedhakash