ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 19:24
ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓްރީ މިނިސްޓަރާއި އެކު
ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓްރީ މިނިސްޓަރާއި އެކު
ސަން އޮންލައިން
ޕީއެސް
ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ގޭގައި މަޑުކުރަން އަންގައިފި
އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ޔޫތު މިނިސްޓްރީގެ ޕާމަނަންޓު ސެކެޓަރީގެ މަޤާމަށް އައްޔަންކުރެއްވީ

ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ގޭގައި މަޑުކުރަން އަންގައިފިއެވެ.

އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ޔޫތު މިނިސްޓްރީގެ ޕާމަނަންޓު ސެކެޓަރީގެ މަޤާމަށް އައްޔަންކުރެއްވި ފާތުމަތު މުނާ ގޭގައި މަޑުކުރަން އަންގާފައިވަނީ ކޮން ސަބަބަކާ ހެދި ކަމެއް ރާއްޖެއެމްވީއަށް ވަނީ ކަށަވަރު ކުރެވޭ ގޮތް ނުވެފައެވެ.

ސިވިލް ސާވިރސް ކޮމިޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުނާގެ މައްސަލައެއް އެ ކޮމިޝަންއަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ. އެހެންނަމަވެސް މި ވަގުތު އިތުރު މައުލޫމާތު ހިއްސާކުރަން ދަތި ކަމަށް ވިދާޅުވިއެވެ.

މުނާ ކުރިން ހުންނެވީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

މުނާ އަކީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަދި ބެޗްލާ އޮފް ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިންގެ ދާއިރާ އިން ތައުލީމު ހާސިލް ކުރުމުގެ އިތުރުން ލީޑާޝިޕް އެންޑް އޮފީސް މެނޭޖްމަންޓް ރޮނގުން ވެސް ތަޢުލީމް ހާސިލް ކުރައްވަފައިވާ ބޭފުޅެކެވެ.

ފާތުމަތު މުނާގެ ސަރުކާރުގެ ޚިދުމަތް ފައްޓަވާފައި ވަނީ 2005 ވަނަ އަހަރު ގއ. އަތޮޅު އޮފީހުގެ ސެކްރެޓަރީއެއްގެ މަގާމުންނެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ އެކި މަގާމުތައް ފުރުއްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް