ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 15:56
ފެނަކަ ކޯޕްރޭޝަން
ފެނަކަ ކޯޕްރޭޝަން
މުހައްމަދު ޝަރުހާން
ފެނަކަ ކޯޕްރޭޝަން
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ދައުވާ ކުރުމުގެ މަރުހަލާ ފަށައިފި
މައްސަލަ އެމްއެމްއޭގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅާފަ
ފެނަކައިން ވަނީ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި
މައްސަލާގައި ދައުވާ ކުރާނީ ޑިޔުޓީ ޕްރޮސިކިޔުޝަން މަރުހަލާ ނިމުމުން

ލޯންޗުގެ ޚިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް އެއް މިލިއަން ޑޮލަރު ގަންނަން ވެގެން 17 މިލިއަން ރުފިޔާ ދީފައި ވާތީ އެކަން ހިނގާދިޔަ ގޮތް ބެލުމަށް އެންޓިކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމާ މައްސަލާގައި ދައުވާ ކުރުމުގެ މަރުހަލާ ފަށައިފިއެވެ.  

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފެނަކައިގެ ޑޮލަރު މައްސަލަ މިހާރު ވަނީ ޑިޔުޓީ ޕްރޮސިކިޔުޝަން މަރުހަލާގައި ކަމަށެވެ.

މައްސަލައިގެ ޑިޔުޓީ ޕްރޮސިކިޔުޝަން މަރުހަލާ ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި ނަމަވެސް އެ މަރުހަލާ ފެށި ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.  

ޑިޔުޓީ ޕްރޮސިކިޔުޝަން މަރުހަލާ އަކީ މައްސަލައެއް އޭސީސީ ތަހުގީގުކޮށް ނިންމުމަށް ފަހު އެ މައަސަލައެއްގައި ދައުވާ  ކޮށްދިނުމަށް އެދި ޕްރޮސިކިޔުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުގެ ކުރިން މައްސަލައާ ގުޅޭ ތަފްސީލީ މައުލޫމާތު ޕީޖީ އޮފީހުގެ ވަކީލުންނަށާއި ހިއްސާ ކުރުމަށް އޭސީސީ އާއި ޕީޖީ އޮފީހާ ގުޅިގެން ކުރިއަށް ގެންދާ މަރުހަލާއެކެވެ.

 ފެނަކަ އަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަންނަން 17 މިލިއަން ރުފިޔާ ދީފައި ވަނީ ޝަރޫ ލޯންޗް ސާވިސަސް ކިޔާ އަމިއްލަ ކުންފުންޏަކަށެވެ. އެގޮތުން 17 މިލިއަން ރުފިޔާގެ ޗެކެއް، ޝަރޫ ލޯންޗް ސާވިސަސް އަށް ފެނަކައިން ދޫކުރީ 15.42 ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކަ އަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ތިން ޗެކު ވެސް ބައުންސްވި ހިސާބުންނެވެ.

މީގެ އިތުރުން ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ގަންނަން ފައިސާ ދިން މައްސަލަ މަރުކަޒީ ބޭންކް އެމްއެމްއޭގެ ފަރާތުން ވެސް ވަނީ ޕޮލިހަށް  ހުށަހަޅާފައެވެ. އެގޮތުން އެމްއެމްއޭ މީޑިއާ އޮފިޝަލް ވިދާޅުވީ ސްޓެލްކޯ އާއި ފެނަކަ އަށް ޑޮލަރު ގަންނަން ފައިސާ ދިން މައްސަލާގައި އެމްއެމްއޭ އިން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ  ކަމަށެވ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް