ކ. މާލެ
|
18 ޖޫން 2024 | އަންގާރަ 20:31
މޫސުން ގޯސް ދުވަސްވަރެއްގައި ފުލުހުންގެ ލޯންޗެއް ކަނޑުމަތީގައި ހަރަކާތްތެރިވަނީ
މޫސުން ގޯސް ދުވަސްވަރެއްގައި ފުލުހުންގެ ލޯންޗެއް ކަނޑުމަތީގައި ހަރަކާތްތެރިވަނީ
ޕޮލިސް
މޫސުން ގޯސްވުން
ބުދަ ދުވަހުން ފެށިގެން މޫސުން ގޯސް، ސަމާލުވޭ!
ބުދަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާއިރު މި ދުވަސްވަރަކީ ޢީދުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ހިންގާ ދުވަސްވަރަކަށް ވާތީ، ގިނަ ބަޔަކު ކަނޑު ދަތުރުފަތުރު ކުރާ ދުވަސްވަރެއް

ބުދަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ ކަަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައި ވަނީ މިހަފްތާގެ ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވާނެ ކަމަށެވެ.

އެ އިދާރާއިން އިތުރަށް ބުނެފައި ވަނީ ރާއްޖޭގެ ކަނޑުތައްވެސް ގަދަވެ ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެއިތުރުން، ރާޅު އުސްމިން ހުންނާނީ 3 ފޫޓާއި 7 ފޫޓުގެ ދެމެދުގައިކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ބުދަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާއިރު މި ދުވަސްވަރަކީ ޢީދުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ހިންގާ ދުވަސްވަރެކެވެ. އަދި މިއީ ގިނަ ބަޔަކު ކަނޑު ދަތުރުފަތުރު ކުރާ ދުވަސްވަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް