ކ. މާލެ
|
18 ޖޫން 2024 | އަންގާރަ 00:53
އިޒްރޭލްގެ އަނިޔާވެރި ހަމަލާގައި ޒަޚަމްވެފައިވާ ކުޑަކުދިންތަކެއް
އިޒްރޭލްގެ އަނިޔާވެރި ހަމަލާގައި ޒަޚަމްވެފައިވާ ކުޑަކުދިންތަކެއް
ރޮއިޓާސް
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ގާޒާގެ ކުޑަ ކުދިން އުޅެމުން ދަނީ ނިމުމެއް ނެތް ބިރުވެރި ކަމެއްގެ ތެރޭގައި: ޔުނިސެފް
އިޒްރޭލުގެ ހަމަލާތަކުގައި 14،000ށް ވުރެ ގިނަ ކުޑަކުދިން ވަނީ މަރުވެފައި
ބަނޑުހައިހޫނު ކަމުގައި 3000ށް ވުރެ ގިނަ ކުދިން މަރުވެދާނެ ކަމަށް ވަނީ ބެލެވިފައި
ގާޒާގައި ކުޑަކުދިންނަށް ރައްކައުތެރި އެއްވެސް ތަނެއް ނެތް

ގާޒާގެ ކުޑަކުދިންގެ ހާލަތު ދަނީ ގޯހުން ގޯހަށް ކަމަށް އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމްއިއްޔާ – ޔުނިސެފް ގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ބުނެފިއެވެ.

ގާޒާގެ ހާލަތު ކުޑަކުދިންނަށް ދަނީ ކޮންމެ ދުވަހަކު ގޯހުން ގޯހަށް، ގަދަ ހޫނާ، ޓެންޓުގައި ބިންމަތީގައި ތޮއްޖެހިގެން ކުދިން ތިބެން ޖެހެނީ." ގާޒާގެ ކުޑަކުދިންގެ ހާލަތާ ބެހޭ ގޮތުން އެލްޑަރ ބުނެފައިވެއެވެ.

އެލްޑަރ ބުނިގޮތުގައި އެހީ ފޯރުކޮށް ދިނުމަށް ހުރި މަގުތައް ބަންދުކޮށްފައި ވުމާއި، ހަނގުރާމައަށް 250ށް ވުރެ ގިނަ ދުވަސް ވެގެން ދިއުމާއެކު ގާޒާގެ ކުޑަކުދިންނަށް ކާނާ ލިބުން ވަނީ އިންތިހާއަށް އުނދަގޫ ކަމަކަށް ވެފައެވެ.

އެލްޑަރ ފާހަގަ ކުރި ގޮތުން ކާނާ ނުލިބުމުގެ ސަބަބުން ގާޒާގެ 3000ށް ވުރެ ގިނަ ކުދިން ގެ ފުރާނަ އެމީހުންގެ އާއިލާގެ ކުރިމަތީގައި ގެއްލި ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އަނެއްކޮޅުން، ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ ގެ އޮފީސް އިން ބުނާ ގޮތުގައި މިހާރު މިހާރަށް ސިއްހީ އެހީ އަށް ބޭނުންވެފައި ތިބި 50.000ށް ވުރެ ގިނަ ކުޑަކުދިން ގާޒާގައި އެބަތިއްބެވެ.

ހުއްޓުމެއް ނެތި ބޮމާއި ބަޑީގެ ހަމަލާތައް ގާޒާގެ އާއްމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް އިޒްރޭލުން ދެމުން ދިއުމާއެކު، ގާޒާގެ ތުއްތު ކުދިން ތިބެން ޖެހިފައިވަނީ ނަފްސާނީ ބިރުވެރި ކަމެއްގެ ތެރޭގައިކަން ފާހަގަ ކުރެވެއެވެ. އެހީގެ ކަންކަމުގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ގާޒާގައި ކުޑަކުދިންނަށް ރައްކާތެރި އެއްވެސް ތަނެއް މިހާރަކު ނެތެވެ.

އިޒްރޭލުން ހުއްޓުމެއް ނެތި ގާޒާގެ އާއްމުން ދިރިއުޅޭ ތަންތަނަށް ބޮން އަޅާ ހަމަލާ ދެމުން ދިއުމުގެ ސަބަބުން މަރުވި ކުޑަކުދިންގެ އަދަދު 14،000ށް ވުރެ މައްޗަށް ހިނގައްޖެ ކަމަށް ފަލަސްތީނުގެ މިނިސްޓްރީ އޮފް ހެލްތުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް