ކ. މާލެ
|
17 ޖޫން 2024 | ހޯމަ 17:29
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުހައްމަދުޒަކީ
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުހައްމަދުޒަކީ
މުޙައްމަދު ޒަކީ އަވަހާރަވުން
ދައުލަތަށް 47 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުޙައްމަދު ޒަކީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
މުޙައްމަދު ޒަކީ، އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވީ ހޯމަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގަ
28 އޮކްޓޫބަރު 2020 ގައި ރިޓަޔަރ ކުރެއްވިއިރު އޭނާ ހުންނެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއަރ ޕްރިންޓިންގ ސުޕަވައިޒަރެއްގެ މަގާމުގަ
ޒަކީ އަކީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 2023 ވަނަ އަހަރު ލިބިވަޑައިގެންފައިވާފައިވާ ބޭފުޅެއް

ދައުލަތަށް 47 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި މުޙައްމަދު ޒަކީ އަވަހާރަވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މުޙައްމަދު ޒަކީ، އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވީ ހޯމަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

ސޯޝަލްމީޑިއާ މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި އެ މަރްޙޫމަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކޮށްދެއްވުމަށާއި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާފައިވެއެވެ.

Advertisement

ޒަކީ އަކީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 2023 ވަނަ އަހަރު ލިބިވަޑައިގެންފައިވާފައިވާ ބޭފުޅެކެވެ.

ޒަކީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އެ މަނިކުފާނު ވެސް ތައުޒިއްޔާ ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

މަރްޙޫމް މުޙައްމަދު ޒަކީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 3 މާރިޗު 1973 ގައެވެ. އުމުރުން 65 އަހަރުވެގެން، 28 އޮކްޓޫބަރު 2020 ގައި ރިޓަޔަރ ކުރެއްވިއިރު އޭނާ ހުންނެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއަރ ޕްރިންޓިންގ ސުޕަވައިޒަރެއްގެ މަގާމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް