ކ. މާލެ
|
17 ޖޫން 2024 | ހޯމަ 12:57
ދައުލަތަށް 47 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި މުޙައްމަދު ޒަކީ
ދައުލަތަށް 47 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި މުޙައްމަދު ޒަކީ
ރައީސް އޮފީސް
މުޙައްމަދު ޒަކީ އަވަހާރަވުން
ދައުލަތަށް 47 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި މުޙައްމަދު ޒަކީ އަވަހާރަވެއްޖެ
އުމުރުން 65 އަހަރުވެގެން، 28 އޮކްޓޫބަރު 2020 ގައި ރިޓަޔަރ ކުރެއްވި
މުޙައްމަދު ޒަކީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 3 މާރިޗު 1973 ގައި

ދިވެހި ދައުލަތަށް 47 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި މުޙައްމަދު ޒަކީ އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 68 އަހަރުގައި އޭނާ އަވަހާރަވެފައިވާއިރު، އޭނާ ވަނީ މިދިޔަ އަހަރު ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ ގައުމީ އިނާމު ވެސް ޙާސިލު ކުރައްވާފައެވެ.

މުޙައްމަދު ޒަކީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 3 މާރިޗު 1973 ގައެވެ. އުމުރުން 65 އަހަރުވެގެން، 28 އޮކްޓޫބަރު 2020 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއަރ ޕްރިންޓިންގ ސުޕަވައިޒަރެއްގެ މަގާމުގައެވެ.

މުޙައްމަދު ޒަކީ ވަނީ، 47 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ

މުޙައްމަދު ޒަކީ ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް އެގްރިކަލްޗަރުގެ ސީ.އައި. ޑިވިޜަންގެ ފޯމޭނެއްގެ ވަޒީފާއެވެ.

އޭގެފަހުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕިޔޯނު ކަމާއި، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ޕިޔޯނުކަން ކުރެއްވިއެވެ. އަދި އެ އޮފީހުގެ ޕްރިންޓަރު ކަމާއި، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގެ ޕްރިންޓަރު ކަމާއި، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ސީނިއަރ ޕްރިންޓަރުކަންވެސް ކުރެއްވިއެވެ.

މީގެ އިތުރުން، އެ މަރުކަޒުގެ ޗާޕާބެހޭ އެހީތެރި ކަމާއި، ފޮތް ޗާޕުކުރާ ބައިގެ ސީނިއަރ ޕްރިންޓަރު ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއަރ ޕްރިންޓަރު ކަމާއި، ޕްރިންޓިންގ ސުޕަވައިޒަރުކަންވެސް މުޙައްމަދު ޒަކީ ކުރެއްވިއެވެ.

މުޙައްމަދު ޒަކީ ވަޒީފާ އަދާކުރެއްވިއިރު، އެ ޑިޕާޓްމަންޓުން ހިންގާ ބައިނަލްއަޤުވާމީ އިމްތިޙާނުތައް ކަމަށްވާ ޖީ.ސީ.އީ. އޯ. ލެވެލް އިމްތިޙާނުގެ ސުވާލު ކަރުދާސްތައް ސެންޓަރުތަކަށް ފޮނުވުމުގެ މަސައްކަތާއި، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނާއި، ހަޔަރ ސެކަންޑަރީ ސްކޫލްގެ ސެޓުފިކެޓު އިމްތިޙާނުތަކުގެ ސުވާލު ޕޭޕަރުތައް ޗާޕުކުރުމާއި، ކޮލޭޓް ކުރުމާއި، ހީރަސްޖެހުމާއި، ޕޭޕަރުތައް ޕެކް ކުރުމުގެ މަސައްކަތްތައް ކުރައްވައިފައި ވެއެވެ. އަދި ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނާއި، ހަޔަރ ސެކަންޑަރީ ސްކޫލްގެ ސެޓުފިކެޓު އިމްތިޙާނުތަކުގެ ސުވާލު ކަރުދާސްތައް ޓައިޕް ކުރެއްވުމުގެ މަސައްކަތްވެސް އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއެކު ވަނީ ކުރައްވައިފައެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސުން، އޯ. ލެވެލް އާއި، އޭ. ލެވެލްގެ ސެންޓަރުތަކަށް، އިމްތިޙާނުގެ ސުވާލު ކަރުދާސްތައް ގެންދިޔުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށްތަކަށް ކުރަންޖެހޭ ދަތުރުތަކުގައި މުޙައްމަދު ޒަކީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި
ދައުލަތަށް 47 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުޙައްމަދު ޒަކީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ފަލަސްތީނުގެ މުސްލިމުންނަށް ލިބޭ އަނިޔާތަކާ ދެކޮޅުހަދައި، އަޤްސާ މިނިވަންކުރުމުގެ ޖިހާދުގައި ރާއްޖެއިން ހިތާއި ރޫޙުން ބައިވެރިވެ، ސަހަރޯވެރިވާނެ: ރައީސް
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ ކޮމިޝަން އުވާލިނަމަވެސް އާއިލާތަކަށް އަދިވެސް ރިޕޯޓު ނުދޭ
ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ހަބީބާ އައްޔަންކޮށްފި
ރާއްޖެއާ ލަންކާއާ ދެމެދު ޤާއިމްކުރާ ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމަށް މަޖިލީހުގެ ރުހުން ހޯދަނީ