ކ. މާލެ
|
15 ޖޫން 2024 | ހޮނިހިރު 15:24
ފަލަސްތީން އިސްރާއީލް ހަނގުރާމަ - ހުކުރު ދުވަހުގެ ރޭ ގާޒާ ސިޓީގެ ތޫފާ އަށާއި ޝުޖާޔާ އަށް ދިން ހަމަލާތަކުގެ ސަބަބުން 14 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމް ވެފައި
ފަލަސްތީން އިސްރާއީލް ހަނގުރާމަ - ހުކުރު ދުވަހުގެ ރޭ ގާޒާ ސިޓީގެ ތޫފާ އަށާއި ޝުޖާޔާ އަށް ދިން ހަމަލާތަކުގެ ސަބަބުން 14 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމް ވެފައި
އޭޕީ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ގާޒާގެ ދެކުނުގައި 1 މިލިއަން ފަލަސްތީނު މީހުން ތާށިވެފައި
 
އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކަށް ކުޑަވެސް ހުއްޓުމެއް އަންނަތަން ނުފެންނަ ކަމަށް އެސަރައްދުގައި މަސައްކަތް ކުރާ މީޑިއާތަކުން އަންނަނީ ރިޕޯޓު ކުރަމުން

ގާޒާގެ ދެކުނު ހިސާބުތަކުގައި، ސާފު ބޯފެން ނެތި އަދި ސާފު ތާހިރު ވެވޭނެ ގޮތެއް ވެސް ނެތި ތާށިވެފައި ތިބި 1 މިލިއަނަށް ވުރެ ގިނަ ފަލަސްތީނު މީހުން އެބަތިބި ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމްގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ ކާލް ސްކައު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މުޅި ސަރަހައްދު ސުންނާފަތި ވެފައިވަނީ ކަންބޮޑުވެ ހައިރާންވާ މިންވަރަކަށް ކަމަށެވެ.

އަނެއްކޮޅުން، އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކަށް ކުޑަވެސް ހުއްޓުމެއް އަންނަތަން ނުފެންނަ ކަމަށް އެސަރައްދުގައި މަސައްކަތް ކުރާ މީޑިއާތަކުން އަންނަނީ ރިޕޯޓު ކުރަމުންނެވެ. ހުކުރު ދުވަހު ގާޒާ ސިޓީ އަށް އިޒްރޭލުން ހަމަލާދީ ފަލަސްތީނުގެ 25 މީހުން ވަނީ މަރާލާފައެވެ. ހުކުރު ދުވަހުގެ ރޭ ގާޒާ ސިޓީގެ ތޫފާ އަށާއި ޝުޖާޔާ އަށް ދިން ހަމަލާތަކުގެ ސަބަބުން 14 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމް ވެފައެވެ.

އިޒްރޭލުން ވައިގެ މަގުން ދިން ހަމަލާތަކުގައި ގާޒާގައި ރަހީނު ކޮށްފައި ތިބި އިޒްރޭލު މީހުންގެ ތެރޭން ގަސަމް ބްރިގޭޑްސްގެ ބެލުމުގެ ދަށުގައި ތިބި 2 މީހުން މަރުވެފައިވާ ކަމަށް އެ ގްރޫޕުން ވަނީ ބުނެފައެވެ.

އިޓަލީގައި ކުރިއަށް ދިޔަ ދުނިޔޭގެ އެންމެ ބާރުގަދަ 7 ގައުމުގެ ވެރިންގެ ޖީ-7 ސަމިޓްގައި ގާޒާ އަށް އެހީ ފޯރުކޮށް ދިނުމުގައި ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ. ގެ އޮފީހަށް ހުރަސްތައް ކުރިމަތި ނުކުރުމަށް ގޮވާލާފައިވެއެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާ ތަކުގައި 37،266 މީހުން މަރުވެފައިވެއެވެ. އަދި 85،102 މީހުން ޒަޚަމްވެފައިވެއެވެ. ހަމާސްގެ ހަމަލާތަކުގައި މި މުއްދަތުގައި އިޒްރޭލުން މަރުވެފައިވަނީ 1.139 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް