ކ. މާލެ
|
15 ޖޫން 2024 | ހޮނިހިރު 13:32
އީދު ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުޅިވަރުގެ ހަރަކާތްތައް ބަލަން ޖަމާވެފައި ތިބި އާންމުން
އީދު ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުޅިވަރުގެ ހަރަކާތްތައް ބަލަން ޖަމާވެފައި ތިބި އާންމުން
ރާއްޖެއެމްވީ
އެއްގަމު އުޅަނދު ދުއްވުން މަނާކުރުން
އީދު ދުވަހު ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާ
6 ބާވަތެއްގެ އުޅަނދު ދުއްވުމަށް ވަނީ ހުއްދަ ދީފައި
އަޟްހާ އީދު ދުވަހުގެ ހަވީރު 4:00ން 6:00ށް ގްރޭޓަރ މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވާނެ

އަޟްހާ އީދު ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ކަނޑައަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ 1445 ވަނަ އަހަރު އަޟްހާ އީދު ދުވަހުގެ ހަވީރު 4:00ން 6:00ށް ގްރޭޓަރ މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި މި ވަގުތު ތަކުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން 6 ބާވަތެއްގެ އުޅަނދުތައް ފިޔަވައި އެހެން އުޅަނދު ގްރޭޓަރ މާލެ ސަރަހައްދުގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

ހުއްދަ ދޭ އުޅަނދުތަކުގެ ތެރޭގައި؛

1. ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު

2. އެމްބިއުލެންސް

3. ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކުރެވިފައިވާ އުޅަނދު

4. ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތް

5. ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ އުޅަނދުތައް

6. އަޟްހާ އީދު ދުވަހުގެ މި ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވިފައިވާ އުޅަނދުތައް

މި އެންގުމާއި ހިލާފުވާ ފަރާތްތަކާމެދު ގާނޫނު ނަންބަރު 2009/5 (އެއްގަމުދަތުރުފަތުރުގެ ގާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް