ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 14:36
ފަލަސްތީން އިސްރާއީލް ހަނގުރާމައަށް 250 ދުވަސްވިއިރު 15000 ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައި
ފަލަސްތީން އިސްރާއީލް ހަނގުރާމައަށް 250 ދުވަސްވިއިރު 15000 ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައި
އަލް- ޖަޒީރާ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ގާޒާ އަށް ޔަހޫދީ ސިފައިން ދޭ ހަމަލާތަކުގައި 15 ހާހަށް ވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ
މި ހަމަލާތަކުގައި މައިންބައިފައިން ގެއްލުނު ކުދިންގެ އަދަދު 17 ހާހަށް އަރާ ކަމަށްވެސް އޮފިޝލުން ހާމަކޮށްފައިވޭ

ފަލަސްތީނުގެ ގާޒާ އަށް ހުއްޓުމެއް ނެތި އިޒްރޭލުގެ ސިފައިން ދެމުންދާ ހަމަލާތަކަށް 250 ފުރިހަމަ ވެގެން ދިޔައިރު، އެ އަނިޔާވެރި ހަމަލާތަކުގައި އެއްވެސް ކުށެއްނެތް ފަލަސްތީނުގެ 15،694 ކުޑަ ކުދިން މަރުވެފައިވާ ކަމަށް ގާޒާގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ އިން ބުނެފިއެވެ.

މީގެ އިތުރުން މި ހަމަލާތަކުގައި މައިންބައިފައިން ގެއްލުނު ކުދިންގެ އަދަދު 17 ހާހަށް އަރާ ކަމަށްވެސް އޮފިޝލުން ހާމަކޮށްފައިވެއެވެ.

ގާޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ބުދަ ދުވަހު ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި 5 މީހުން މަރުވެ، 17 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނުސީރަތު ރެފިއުޖީ ކޭމްޕުން އިޒްރޭލު ސިފައިން ހަމަލާދީފައިވަނީ މީހުން ދިރިއުޅޭ 2 ގެ އަކަށެވެ.

މި ފަހަކަށް އައިސް ރެފިއުޖީ ކޭމްޕްތަކުގައި އާއްމުން ދިރިއުޅޭ ގެދޮރަށް ހަމަލާދީ ކުޑަ ކުދިންނާ އަންހެނުން ގިނަ އަދަދަކަށް ހިމެނޭ ގޮތުން ފަލަސްތީނުގެ ރައްޔިތުން ޔަހޫދީ ސިފައިން މަރަމުން ދާ ކަން ފާހަގަ ކުރެވެއެވެ.

އަނެއް ކޮޅުން ރަފަހް ގެ މެދު ތެރޭގެ އިމާރާތްތަކެއް އިޒްރޭލު ސިފައިން ވަނީ ގޮވާތަކެތި ބޭނުން ކޮށްގެން ގޮއްވާލާފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ގާޒާ އަށް އަރާ ދެމެންދާ އަނިޔާވެރި ހަމަލާ ތަކުގައި ފަލސްތީނުގެ 37،202 މީހުން މަރުވެފައިވެއެވެ. ޒަޚަމް ވީ ފަލަސްތީނު މީހުންގެ އަދަދު 84،932 ށް ވަނީ އަރާފައެވެ. ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުން މަރުވި ކަމަށް ރެކޯޑް ކުރެވިފައިވަނީ1،139 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް