ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 10:40
ސައުތު އޭޝިއަން ބޮޑީބިލްޑިން ފެޑަރޭޝަންގެ ރައީސަކަށް އިންތިޚާބު ކުރި އިއްބެ
ސައުތު އޭޝިއަން ބޮޑީބިލްޑިން ފެޑަރޭޝަންގެ ރައީސަކަށް އިންތިޚާބު ކުރި އިއްބެ
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސައުތު އޭޝިއާ ބޮޑީބިލްޑިން ފެޑެރޭޝަން
ސައުތު އޭޝިއާ ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސަކަށް ރާއްޖޭގެ އިއްބެ!
މީގެ ކުރިން 2022 ވަނަ އަހަރު އިއްބެ ވަނީ، ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ވެސް އިންތިޚާބުވެ ވަޑައިގެންފައި

ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ ރައީސަކަށް، ރާއްޖޭގެ އިބްރާހީމް ޙަމީދު (އިއްބެ) އިންތިޚާބު ކޮށްފި އެވެ.

މޯލްޑިވްސް ބޮޑީބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް)ގެ ރައީސްކަމުގައި ވެސް ހުންނެވި އިއްވެ، ސައުތު އޭޝިއަން ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސަކަށް އިންތިޚާބު ކޮށްފައި ވަނީ އެ ފެޑެރޭޝަންގެ އަހަރީ އާންމު ޖަލްސާގަ އެވެ. އެ ފެޑަރޭޝަންގެ އަހަރީ އާންމު ޖަލްސާ ރާއްޖޭގައި ބޭއްވީ، ރާއްޖޭގައި ކުރިއަށްދާ 14 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ތެރެއިންނެވެ.

އިއްބެ މިހާރު އަންނަނީ ބީބީއެމްގެ ރައީސްކަމުގައި ތިން ވަނަ ދައުރު ފުރިހަމަ ކުރަމުންނެވެ. މީގެ ކުރިން 2022 ވަނަ އަހަރު އިއްބެ ވަނީ، ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ވެސް އިންތިޚާބުވެ ވަޑައިގެންފަ އެވެ. މީގެ އިތުރުން އިއްބެ އަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ހިންގާ ކޮމެޓީގައި ވެސް ހިމެނި ވަޑައިގަންނަވާ މެމްބަރެކެވެ.

އިއްބެ އަކީ ދުނިޔޭގެ ފެންވަރުގައި ބޮޑީބިލްޑިންގެ ފަނޑިޔާރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ފަރާތެކެވެ.

- ކޮމެންޓް