ކ. މާލެ
|
6 ޖޫން 2024 | ބުރާސްފަތި 23:20
މޮނިން ކަޕް
މޮނިން ކަޕް
މޮނިން ކަޕް
"މޮނިން ކަޕް"ގެ 15 ފައިނަލިސްޓުން އިއުލާންކޮށްފި
މި މުބާރާތުގައި ތަފާތު ހަތަރު ބުއިން ތައްޔާރުކުރުމަށް ކޮންމެ ބައިވެރިއަކަށް ވެސް ލިބޭނީ 10 މިނެޓް
'ދަ މޮނިން ކަޕް 2024' ބާއްވަން ތާވަލްކޮށްފައި ވަނީ އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހު
މި މުބާރާތުގެ ފައިނަލިސްޓުން އިޢުލާންކުރީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި

"މޮނިން ކަޕް"ގެ 15 ފައިނަލިސްޓުން އިއުލާންކޮށްފިއެވެ.

މިއީ ސިމްޑީއިން އެތެރެކޮށް ވިއްކާ "މޮނިން" ބްރޭންޑުން މި ފަދަ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ފައިނަލިސްޓުން އިޢުލާންކުރީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ 15 ބައިވެރިންނަކީ

- ވިގްނޭޝް ބަލަކްރިޝްނަން، ވެލައްސަރު މޯލްޑިވްސް

- ޖޫން އަނދޭރީ ޓެން، ވަލްޑޯފް އެސްޓޯރިއާ

- އައި ޕުތޫ ޕަރްމަނަ، ޖުމައިރާ އޮޅަހަލި

- ކްރިސްޓޮފަރ ޕަރަސިބު، މޯވެންޕިކް ކުރެދިވަރު

- އަންޑްރެއަސް ޕެޓްރާ ގުލްޓޮމް، އޮޒެން ރިޒަރވް ބޮލިފުށި

- ޑެނިއެލް މާސެލޯ، ފޯ ސީޒަންސް ކުޑަ ހުރާ

- މަންވިތް ޝެޓީ، ކުޑަ ވިލިގިލި

- ނިތްޔާ މެރީ އަރޮކިޔާ، ސޮނެވާ ޖަނި

- ސެލްވިން އަންގަމަލީ، އެސްޓީ ރެޖިސް މޯލްޑިވްސް ވޮއްމުލި

- ސުބްރަތާ މަޖީ، ފުށިފަރު މޯލްޑިވްސް

- ޕްރަތާ މަލޯތްރާ، ޓާޖް އެގްޒޯޓިކާ މޯލްޑިވްސް

- ބިނީތާ ލިމްބޫ، ކަނޑިންމަ މޯލްޑިވްސް

- ޔުބްރާޖް ލަމާ، ކޮކޯ ބޮޑު ހިތި މޯލްޑިވްސް

- ފަޒީލް ހުސަން، ހިލްޓަން މޯލްޑިވްސް އަމީންގިރި

- ސްޓީވް ޖަޔަސިންގ، ކިހަވައް މޯލްޑިވްސް

ސިމްޑީ ގްރޫޕް ގްރޫޕުން ބުނީ 'ދަ މޮނިން ކަޕް 2024' ބާއްވަން ތާވަލްކޮށްފައިވަނީ އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ މިކްސޮލަޖިސްޓުންނަށް އަމާޒުކޮށް ބާއްވާ މި މުބާރާތާއި ގުޅޭ ގޮތުން ސިމްޑީ ގްރޫޕުގެ ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދު ވިދާޅުވީ މި މުބާރާތަކީ ރާއްޖޭގައި މިކްސޮލަޖިސްޓުންގެ ހުނަރުތައް ދައްކާލުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި އެ ހުނަރުތައް ތަރައްގީކުރުމަށް މިފަދަ މުބާރާތަކުން ބާރު އަޅާދޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މި މުބާރާތުގެ ސަބަބުން މިކްސޮލަޖީގެ ދާއިރާ އިތުރަށް ތަރައްގީވެ ދާއިރާއަށް އޮތް ޝައުގުވެރިކަން އިތުރުވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ މިކްސޮލަޖިސްޓުންނަށް ޓްރެއިނިންތައް ވެސް މީގެ ކުރިން ހިންގާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ސިމްޑީ ބެވް، އެޑަމް ރެނިކް ވަނީ މި މުބާރާތަށް ރިސޯޓުތަކުން ވަރަށް ރަނގަޅު ތަރުޚީބެއް ލިބުނު ކަމަށް ވިދާޅުވެފައެވެ. އަދި މި މުބާރާތަކީ މޮނިން ބްރޭންޑު އިތުރަށް ދަސްކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.

މި މުބާރާތުގައި ތަފާތު ހަތަރު ބުއިން ތައްޔާރުކުރުމަށް ކޮންމެ ބައިވެރިއަކަށް ވެސް ލިބޭނީ 10 މިނެޓެވެ. ފްރާންސްގައި ބާއްވާ އިންޓަނޭޝަނަލް ފައިނަލްގައި ރާއްޖެ ތަމްސީލްކުރާނީ، މި މުބާރާތް ކާމިޔާބު ކުރާ މިކްސޮލޮޖިސްޓެވެ. މީގެ އިތުރުން މި މުބާރާތުގެ އެއް ވަނަ ރަނަރަޕް އާއި ދެ ވަނަ ރަނަރަޕްއަށް މެލޭޝިއާގައި ހުންނަ މޮނިން ފެކްޓްރީއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ސިމްޑީގެ ވެބްސައިޓުން މި މުބާރާތުގެ އިތުރު މައުލޫމާތު ލިބޭނެއެވެ. 2010ން ފެށިގެން މޮނިން ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކާ ހަމައެކަނި ކުންފުންޏަކީ ސިމްޑީއެވެ. މިހާރު ސިމްޑީން މޮނިންގެ 50ށް ވުރެ ގިނަ ފްލޭވާތަކާއި 20ށް ވުރެ ގިނަ ޕިއުރޭ ވިއްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
ކޮމެންޓް