ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 17:36
ފާރިސް މައުމޫނު:- އޭނާގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ވަނީ ތާވަލުކޮށްފަ
ފާރިސް މައުމޫނު:- އޭނާގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ވަނީ ތާވަލުކޮށްފަ
މުހައްމަދު ޝަރުހާން
އަޙުމަދު ފާރިސް މައުމޫން
ފާރިސްގެ މައްޗަށް ކުރާ ޝަހުސް އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ
ފާރިސްގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުުމުގެ އަޑުއެހުން އޮތީ މާދަމާ ހެނދުނު
ފާރިސްގެ ޝަރީއަތްތައް ދާއިރު ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހްމަތުގައި އޭނާ ވަނީ ހައްޔަރުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަހުސް އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފި އެވެ.

 

ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ މާދަމާގެ ހެނދުނު 10.30 ގައި ބޭއްވުމަށެވެ.

 

ޝަހުސް އޮޅުވާލުމުގައި ދައުވާއާ ގުޅިގެން މިހާތަނަށް ގޮސްފައިވަނީ އިބްތިދާއީ އަޑުއެހުންތަކެވެ. އަދި އޭނާގެ ޝަރީއަތް ކުރިއަށް ގެންދެވިދާނެ ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފަ އެވެ.

 

ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް ޝަރީއަތް ކުރިއަށްދާއިރު ފާރިސްގެ މައްޗަށް ތުހްމަތު ކުރާ ރިޝްވަތު ދިނުމުގެ ތުހުމަތުގެ ތަހްގީގަށް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.

 

ރިޝްވަތު ދޭން އުޅުމުގެ ތުހްމަތު ފާރިސްގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މަޖިލިސް މެންބަރުންނަށް ރިޝްވަތުދޭން އުޅުނު ކަމަށްބުނެ އެވެ. ނަމަވެސް އެ މައްސަލާގައި އަދި ދައުވާ ކޮށްފައިނުވެ އެވެ. '

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް