ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 17:13
ސައުދުގެ މަންމަގެ ޖަނާޒާގައި ސައުދު ބައިވެރިވަޑައިގަންނަވަނީ
ސައުދުގެ މަންމަގެ ޖަނާޒާގައި ސައުދު ބައިވެރިވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ސައުދުގެ ޝަރީއަތް
މަންމަގެ އެންމެ ފަހު ވަގުތުކޮޅުގައި ކައިރީގައި ހުރުމަށް ވެސް ހުރަސް އެޅި: ސައުދު
މަންމަގެ ބަލިހާލަތާ ގުޅިގެން ގެއަށް ބަދަލުކޮށްދިނުމަށް އެދުނު
އޭނާ ހައްޔަރުކުރީ މަންމަ ރާއްޖެއިން ބޭރަށް ގެންދިއުމަށް ތައްޔާރުވަނިކޮށް
އޭނާއަށް ގެއްލުނު ހައްގުތައް ހޯދުމަށް ދައުލަތުގެ އެއްވެސް ބަޔަކު އަޑުއުފުލާފައިނުވާކަން ފާހަަގަކުރި

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާތީ ގޮނޑި ގެއްލިފައިނުވާކަން ކަނޑައެޅުމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ސައުދުގެ ހިތުގެ އުދާސްތައް ބަންޑުކޮށްލައްވައިފިއެވެ. 

މި އަޑުއެހުމުގައި  ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ  މަންމަ ނިޔާވީ، އޭނާގެ ފަރާތުން މަންމައަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން އަދާކުރުމުގެ ހައްގު ދައލަތުން ނުދީ ހުއްޓުވުމުން ކަމަށެވެ.

ސައުދު ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ މަންމަގެ ގުނަވަނެއް ބަދަލުކުރުމަށް ރާއްޖެއިން ބޭރަށް ގެންދަން ތައްޔާރުވެފައި ވަނިކޮށް ކަމަށާއި އެހެން ނަމަވެސް ކިތަންމެ ފަހަަރަކު އެދުމުން ވެސް ގޭބަންދަށް ބަދަލުކޮށްދީފައިނުވާ  ކަމަށެވެ. އަދި އެކަމަށް ހުއްދަ ދޭނެ ދައުލަތުގެ އެއްވެސް މުއައްސަސާއެއް ދިމާ ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދުގެ މަންމަ ދުނިޔެއާ އަލްވަދާއު ކިޔަންޖެހުނީ އޭނާއަށް ފެނިލުމުގެ ފުރުސަތު ނުދީ ވަނިކޮށް ކަމަށާއި މަންމަގެ އެންމެފަހު ދުވަސްތަކުގައި ކާއިރީގައި ހުރުކުމުގެ ފުރުސަތު ވެސް ނުލިބުނު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ސައުދު ވަނީ އޭނާއަށް ނުލިބުނު އިންސާނީ ހައްގުގެ ވާހަކަދައްކާނެ އެއްވެސް ފަރާތެއް ނެތް ކަން ފާހަގަކުރައްވާފަ އެވެ. 

ސައުދުގެ މަންމާފުޅު ނިޔާވީ މިދިޔަ އާދިއްތަ ދުވަހުއެވެ. ޖަނާޒާ އަށް ސައުދު ގެނެސްފައި ވެއެވެ. 
 

ސައުދު ވިދާޅުވީ ދޫނިދޫ ޖަލުގައި ބަހައްޓާފައި ވަނީ ވަރަށް ދަތިހާލުގައި ކަމަށެވެ. އެގޮތުން ދޫނިދޫގައި ފުރަތަމަ ތިން ދުވަހު ބޭނުންކުރަންޖެހުނީ ވެސް ފާޚާނާ ފެން ކަމަށް ސައުދު ފާހަގަކުރެއްވިއެވެ.

ޝަރީއަތުގެ މަޖިލީހުގެ ތެރޭގައި ދެކެވުނު މިވާހަކަތަކަށް އަޑުއެހި ގިނަބަޔަކު ކޯޓު ރޫމްގައި ރުއި އިރު ބައެއް ފަނޑިޔާރުން ތިއްބެވީ  އިސްދަށަށް ޖައްސަވައިގެންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
9 އޯގަސްޓް 2017 | ބުދަ 14:35
Hameed
Alhugandu bunelan othy aniyaaverikamun mihaahisaabah dhiyaima hama yaa.een.aj ves mikan Allah dhahkavaane vaahaka.gaumu ge raiythunah thiya dhey.aniyaa ah fahu yaameen akah mikamun bareea vumuge efurusathu nudheynan insha Allah