ކ. މާލެ
|
27 މެއި 2024 | ހޯމަ 08:48
 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލޯ މެޑަލް ހޯދި ލަައިބާ
ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލޯ މެޑަލް ހޯދި ލަައިބާ
ޓްވީޓަރ
ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލް
ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
ޕޮލެންޑުގެ މުބާރާތުން ލިބުނު ލޯ މެޑައްޔާއެކު، ބައިނަލްއަޤުވާމީ މުބާރާތްތަކުން ލައިބާ ހޯދި މެޑަލްގެ އަދަދު ވަނީ 11 އަށް އަރާފަ

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ވާދަކޮށް، ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) ލޯ މެޑަލް ހޯދައިފި އެވެ.

ޕޮލެންޑުގައި ކުރިއަށް ދިޔަ މުބާރާތުން ލައިބާ ލޯ މެޑަލް ހޯދީ 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުންނެވެ. މި އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްރަނަކީ ލަޓްވިއާގެ އޮސްކާސް ބަޖާސް އެވެ. އެ އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ އަދި ބޮޖާސްގެ ޕެއާ ނިކުތީ ޕޮލެންޑުގެ އެލެކްސެންޑާ އަދި ކްލައުޑިއާގެ ޕެއާއާ ދެކޮޅަށެވެ.

ޕޮލެންޑުގެ ޕެއާ އިން ސެމީ ފައިނަލް މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 21-6 އަދި ދެ ވަނަ ސެޓު 21-16 އިންނެވެ. މުބާރާތުގެ 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ވެސް އެލެކްސެންޑާ އަދި ކްލައުޑިއާގެ ޕެއާ އިންނެވެ.

ލައިބާ އަދި ލައިބާގެ ކޯޗު އަބީޝެކް ބާވާ - ޓްވިޓަރ

ޖަރުމަނު، ޕޮލެންޑު، ލަޓްވިއާ، އެސްޓޯނިއާ، މެކްސިކޯ އަދި ލިތުއާނީ އިން 230 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރި މި މުބާރާތުގެ ޑަބަލްސް އަދި ސިންގަލް އިވެންޓުގައި ވެސް ލަައިބާ ވަނީ ވާދަކޮށްފަ އެވެ. ޑަބަލްސް އިވެންޓުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗެއް ލައިބާގެ ޕެއާ އިން ވަނީ ކާމިޔާބު ކޮށްފަ އެވެ. އަދި ސިންގަލްސް އިވެންޓުގައި ޕޮލެންޑުގެ ހަންނާ ޒެމްލާއާ ދެކޮޅަށް ކުޅުނު މެޗުގައި ވަނީ ރަނގަޅު ވާދައެއް ކޮށްފަ އެވެ.

ކުރީގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފްގެ ދަރިފުޅު، ލައިބާ އަކީ ރާއްޖޭގެ 12 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ލައިބާ އަންނަނީ ބައިނަލްއަޤުވާމީ އެކި އެކި މުބާރާތްތަކުގައި ވާދަކޮށް، ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. ޕޮލެންޑުގެ މުބާރާތުން ލިބުނު ލޯ މެޑައްޔާއެކު، ބައިނަލްއަޤުވާމީ މުބާރާތްތަކުން ލައިބާ ހޯދި މެޑަލްގެ އަދަދު ވަނީ 11 އަށް އަރައިފަ އެވެ. އެއީ ތިން ރިހި މެޑަލް އަދި އަށް ލޯ މެޑަލް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް