ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 07:35
ރިލްވާން ގެއްލިފައިވާތީ ތަހްގީގީ މައުލޫމާތު އާންމު ކުރުމަށް ގޮވާލައި މުޒަހާރާ ކުރަނީ
ރިލްވާން ގެއްލިފައިވާތީ ތަހްގީގީ މައުލޫމާތު އާންމު ކުރުމަށް ގޮވާލައި މުޒަހާރާ ކުރަނީ
މުހައްމަދު ޝަރުހާން
ރިލްވާން ގެއްލުވާލިތާ 3 އަހަރު
ރިލްވާނަށް ވީ ގޮތް ފުލުހުންނަށް ނޭނގޭތީ މައުމޫނު ކަންބޮޑުވުން ފާޅުކުރައްވައިފި
ރިލްވާން ގެއްލުނު ފަހުން ތިން އަހަރު ވަނީ ފާއިތުވެފަ

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ވީނުވީ ގޮތެއް ފުލުހުންނަށް ބުނެދެވިފައިނުވާތީ ކުރީގެ ރަޢީސް މައުމޫނު އަބްދުލް ގައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ. 

 

 ރިލްވާންގެ މައްސަލާގައި ރައީސް މައުމޫނު ކަންބޮޑުވުން ފާޅު ކުރައްވާފައި ވަނީ އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓޫވީޓެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ ރިލްވާން ގެއްލުނުތާ ތިން އަހަރު ފާއިތުވެގެން ދިޔައިރު ވެސް ފުލުހުންނަށް އެއްވެސް ކަމެއް ނޭނގޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. 

 

 

ރިލްވާން ގެއްލުނުތާ ތިން އަހަރުވެފައިވާއިރު އަދިވެސް އޭނާ އަށް ވީގޮތް ހޯދިފައިނުވުމަކީ އޭނާގެ އާއިލާއާއި އެކުވެރިންނާއި މުޅި މުޖުތަމައުވެސް ކަންބޮޑުވާ މައްސަލައެކެވެ. ރިލްވާރިލްވާން ގެއްލުވާލި މައްސަލައިގައި ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު މާލެ އާއި ހުޅުމާލެއިން ލިބުނު ސީސީޓީވީ ފުޓޭޖާއި، ގަދަކަމުން ރަތް ކާރަކަށް މީހަކު އެރުވި އެރުވުމާއި، އެ ކާރުގެ ޑިކީން ފެނުނު އިސްތައްޓާ އެކު ހެކިދެނީ ގަދަކަމުން ބަޔަކު ރިލްވާން ރަހީނު ކުރުން ކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ. ރިލްވާނު ގެއްލުނުތާ މަސްދުވަހުގެ ތެރޭ ތިން މީހަކު ހައްޔަރު ކޮށް އެއީ ތަހުގީގަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ފުލުހުން ބުނި ނަމަވެސް އެ ތިން މީހުން ވެސް ވަނީ ދޫކޮށްލާފަ އެވެ. އޭގެ ފަހުން ވެސް ދެ މީހަކު ހައްޔަރުކޮށް ވަނީ ދޫކޮށްލާފަ އެވެ.

ރިލްވާނަށް ވީގޮތް އޮޅުންފިލުވައިދިނުމަށް ކަމާ ގުޅޭ މުއައްސަސާތައް އުޒުރުވެރިވެފައިވާ އިރު ރިލްވާން ގެއްލުނުތާ ތިން އަހަރުވެގެންދިޔަ އިރު އޭނާއަށް ވީގޮތެއް ހޯދުމަށް އެންމެ އިސްކޮށް މަސައްކަތް ކުރި އޭނަގެ އެކުވެރިޔާ ޔާމީން ރަޝީދު ވެސް ވަނީ އަނިޔާވެރިގޮތަކަށް މިއަހަރުގެ އޭޕްރީލް މަހުގައި މަރާލާފަ އެވެ.ފުލުހުންގެ ތަހުގީގުން ވެސް އެކަމުގެ ތަފްސީލެއް ބުނެނުދެވެ އެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް