ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 00:21
ތިމަރަފުށީގެ ދާއިރާގެ މެމްބަރު މުސްތަފާ:- އޭނާގެ ޕާސްޕޯޓް މިހާރު ވަނީ ހިފަހައްޓާފަ
ތިމަރަފުށީގެ ދާއިރާގެ މެމްބަރު މުސްތަފާ:- އޭނާގެ ޕާސްޕޯޓް މިހާރު ވަނީ ހިފަހައްޓާފަ
މުހައްމަދު ޝަރުހާން
މުހައްމަދު މުސްތަފާ
ވެރިކަން ވައްޓާލަން ގޮވާލިކަމަށް ތުހުމަތުކޮށް، މުސްތަފާގެ ޕާސްޕޯޓް ހިފަހައްޓައިފި
ޕާސްޕޯޓް ހިފަހެއްޓީ ތިން މަސްދުވަހަށް
މުސްތަފާގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަނީ ރާއްޖެޓީވީގައި އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

 

ފުލުހުންގެ އެދުމުގެ މަތިން އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން އެ އަމުރު ނެރިފައި ވަނީ ތިން މަސްދުވަހުގެ ނިޔަލަށެވެ.  އިމިގްރޭޝަނުގެ މައްޗަށް ކޮށްފައިވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ޕާސްޓް ޕޯސްޓް ހިފެހެއްޓުމަށެވެ.

 

މުސްތަފާ ރާއްޖެއިން ބޭރަށް ދިއުން މަނާކުރުމަށް ފުލުހުން އެދިފައިވަނީ ރާއްޖެޓީވީގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ތަހްގީގެއް ކުރަމުންދާތީ މުސްތަފާ ފިލައިގެން ގޮސްފާނެ ކަމަށްޓަކައި ކަމަށް ކޯޓުން ނެރުނު އަމުރުގައިވެ އެވެ. އަދި މުސްތަފާގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަނީ ރައީސުލް ޖުމްހޫރިއްޔާ މަގާމުން ބޭރުކޮށް ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޢައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރުލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމުގެ ތުހްމަތުގައި ކަމަށް އެ އަމުރުގައިވެ އެވެ. ކޯޓު އަމުރުގައިވާ ގޮތުން މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގުރާމެއްގައި މުސްތަފާ ދެއްކެވި ވާހަކަތަކުގެ ތަހްގީގު ކުރަމުންދާއިރު މުސްތަފާ ފިލައިގެން ގޮސްފާނެ ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފަ އެވެ. 

 

މީގެ އިތުރުން އެ އަމުރުން އެނގޭގޮތުގައި މުސްތަފާ ދެއްކެވި ކަމަށް ބުނާ ވާހަކަތަކުގެ ވީޑިއޯ އާއި ސްކްރިޕްޓް ހެކީގެ ގޮތުގައި ފުލުހުންގެ އަތުގައި އެބަހުއްޓެވެ. އަދި މުސްތަފާގެ މައްޗަށް ތުހުމަތު ކުރަނީ ގާނޫނު އުގޫބާތުގެ 610 ވަނަ މާއްދާގެ (ހ) ދަށުންނެވެ. އެ ގާނޫނުގައި ބުނެފައި ވަނީ ރަޔަޓް ކުރުމާއި ނުވަތަ ބާރުގެ ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން ހިތްވަރުދިނުމާއި އެއިން ކަމަކަށް އެހީތެރިވެދިނުމާއި އެއިން ކަމެއް ކުރުމަކީ ކުށެއް ކަމަށެވެ.

މުސްތަފާއަށް އަންގާރަ ދުވަހު ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގުމަށް ފަހު  ފަހުން ވަނީ ފުލުހަށް ހާޒިރުވުމަށް އެންގި ޗިޓް ކެންސަލް ކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
9 އޯގަސްޓް 2017 | ބުދަ 14:37
އަމާޒު
ރިޔާސީ ވަޢުދު ތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ އަމާޒު އެވަޢުދަކަށް ހުއްޓިފައިވާ އެއްވަޢުދަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ވަޢުދެވެ؟
9 އޯގަސްޓް 2017 | ބުދަ 14:33
ހަބޭޟ
ރައީސް ޔާމީން ތިޔަ ކުރައްވާ ހިއްވަރަށް ހަމަ ސާބަސް
9 އޯގަސްޓް 2017 | ބުދަ 14:19
ރަގަލު
ވަރެއް އެބަހުއްޓޭ ދޯ ލާދީނީ މީހުން
9 އޯގަސްޓް 2017 | ބުދަ 14:16
ހ މ ޒ
ރިޟުވާނަށް ވީގޮތެއް އަންނިކުރެން އަހާބަލަ!؟
9 އޯގަސްޓް 2017 | ބުދަ 09:11
ހަސަން
!މީ ދެން ކިހާ ވަރުގަދަ ވެއްޖެ ކަމެއްތަ؟ ހަމަ އޭއްޗެކޭ މީއްޗެކޭ ކިޔާފަ ނޭވަޔަކު ދެކޮޅު ކޮންމެވެސް މިހެއްގެ ޕާސްޕޯޓް އެބަ ހިފަހައްޓާ