ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 23:41
ހިނގާލުމުގެ ބައިވެރިއެއް ހައްޔަރުކޮށްގެން  ފުލުހުން ގެންދަނީ
ހިނގާލުމުގެ ބައިވެރިއެއް ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ
މުހައްމަދު ޝަރުހާން
ރިލްވާން ގެއްލުވާލިތާ 3 އަހަރު
ހިނގާލުމުގެ ތެރެއިން ހައްޔަރުކުރި ނުވަ މީހުން ދޫކޮށްލާއިފި
ހިނގާލުމުގެ ތެރެއިން ނުވަ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަން ޖެންގޮސްފައި
ފުލުހުން ވަނީ ޕެޕާސްޕްރޭ ޖަހާ، ހިނގާލުގެ ބައިވެރިން އަތުގައި ހުރި ބޯޑުތައް ގެންގޮސްފައި
ހިނގާލުމަށް ހުރަސްއަޅާފައި ވަނީ އެއްވެއުޅުމުގެ ގާނޫނާއި ހިލާފްވުމުން

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގެ މައުލޫމާތު ފުލުހުން ހިއްސާ ނުކުރާތީ އާއި ތަޙްގީގު އަވަސް ކޮށްދިނުމަށް ގޮވާލައި ބޭއްވި ހިނގާލުމުގެ ތެރެއިން ފުލުހުން ހައްޔަރުކުރި ނުވަ މީހުން ދޫކޮށްލާއިފިއެވެ.

 

އަންގާރަ ދުވަހުގެ ހަވީރު ބޭއްވި ހިނގާލުމުގައި ރިލްވާންގެ އާއިލާގެ މެމްބަރުންނާއި ގާތް އެކުވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވިއެވެ. ރިލްވާންގެ މަންމާގެ ލޮލަށް ފުލުހުން ޕެޕާސްޕްރޭ ޖެހުމުން އެކަމާއި ހިތްހަމަނުޖެހިވަޑައިގެން ކަންބޮޑުވުން ފާޅުކުރުމުން ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމްގެ އިތުރުން ހަތް މީހުން ހައްޔަރުކުރިއެވެ.

 

ފުލުހުން ބުނީ ހިނގާލުން ރޫޅާލައިފައި ވަނީ ސުލްހަވެރިކަމާއި އެއްވެއުޅުމުގެ ގާނޫނާއި ހިލާފްވުމުން ކަމަށެވެ. ހިނގާލުމުގެ ތެރެއިން ހައްޔަރުކުރި މީހުން ސަހީދު ހުސެއިން އާދަމް ބިލްޑިންގަށް ގެންދިއުމަށް ފަހު އެމީހުން ދޫކޮށްލާފައި ވަނީ އަންގާރަ ދުވަހުގެރޭ 10:00 ކަންހާއިރުގައެވެ.

 

ހައްޔަރުކުރި މީހުންގެ ތެރެއިން މީހަކު ރައްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ އެ އެންމެންގެ މައްޗަށް ވެސް ތުހުމަތު ކުރީ އެއްވުންމަނާ ތަނަކަށް އެއްވުމުގެ ތުހުމަތުކަމަށެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް