ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 23:14
ޤާނޫނީ ވަކީލް ހިސާން ހުސައިން
ޤާނޫނީ ވަކީލް ހިސާން ހުސައިން
ޓްވިޓަރ
ރިލްވާން
ރިލްވާން މަރުވިކަން ފުލުހުންނަށް އެނގިހުރެ އާއިލާއަށް ނޭނގުމަކީ ބޮޑު މައްސަލައެއް:ހިސާން
މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ޤާނޫން ބުނާ ގޮތުން
ފުލުހުންނަށް ރިލްވާނާ ބެހޭ މައުލޫމާތު ނުލިބޭނަމަ އެކި ފަހަރު އެކި ތަހުގީގެއް ނުހިންގޭނެ.

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ވީނުވީ ގޮތެއް ޢާއިލާއަށް އަދިވެސް ނޭގޭއިރު އޭނާ މަރުވިކަން ފުލުހުންނަށް އެނގިހުރެ ޢާއިލާއަށް ނޭންގުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ރިލްވާންގެ މައްސަލައިގާ އާއިލާގެ ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވީ ރިލްވާން ގެއްލުނުތާ 3 އަހަރު ފާހަގަ ކުރުމުގެ ގޮތުން އާއިލާއިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ހިސާން ވިދާޅުވީ ރިލްވާން ގެއްލުނު ފަހުން އޭނާގެ ރައްޓެއް ސެއް ކަމަށްވާ ޔާމީން ރަޝީދު އިތުރު ރައްޓެހިން ތަކަކާއެކު ލޯޔަރަކަށް ވެދިނުމަށް އެދުނު ކަމަށާއި އެމީހުންނާ ބައްދަލުކޮށް ދެއްކި ވާހަކަތަކަށް ފަހު އެކަމާ ހަވާލުވިން ކަމަށެވެ. އަދި އެމައްސަލައިގާ ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލާއިރު ފުލުހުންގެ ތަހުގީގުގައި ބޮޑެތި އިހުމާލްތަކެއް ހުރުމުން އެއިހުމާލުވާ ޤާނޫނުތައް ތަފްސީލްކޮށް ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށް (ޕީއައިސީ) އަށް ހުށަހެޅިން ކަމަށާއި މިހާތަނަށް އައިރުވެސް މިހާރުގެ ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުންވެސް އެކަމަށް ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ.

ހިސާން ވިދާޅުވީ ޢާއިލާއަށް ރިލްވާނާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބޭކަމަށް ބުނުމުން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި ކަމަށާއި ހަމައެކަނި ބޭނުމަކީ ރިލްވާނަށް ވީގޮތެއް ހޯދުން ކަމަށެވެ.

ހިސާން ވިދާޅުވީ ދައުލަތުން ސިއްރު މައުލޫމާތެއްގެ ގޮތުގައިވެސް ވީގޮތް ހަމައެކަނި ޢާއިލާއަށް ބުނެދޭން ޖެހޭ ކަމަށާއި ރައްޓެހިންނަކަށް ވެސް މުޖުތަމައުއަކަށްވެސް ކޮށްދޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އޭޖީން ދެއްވި ޖަވާބަކީ ރިލްވާނަށް ވީގޮތް ހޯދިފައެއް ނެތުން ކަމަށެވެ.

ހިސާން ވިދާޅުވީ ރިލްވާނަށް ވީގޮތް ނޭގޭ ކަމަށް ފުލުހުން ބުނާއިރު ރިލްވާން ރަހީނު ކުރި މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

"ރެކޯޑްސް ތަކުން އެނގުނު ފުލުހުން ބުނިކަން އޭނާ ވަނީ ރަހީނުކޮށްފައި ކަމަށް. އެހެންވީމާ ވީގޮތެއް ނޭނގޭ ކަމަށް ބުނާ ބުނުމުގައި އަސާސެއް ނެތްކަން އެނގޭ. ގެއްލުނު މީހަކަށް ވީގޮތެއް އެނގުނީމަ އޭނާ ރަހީނު ކުރި މައްސަލައެއް ބަލާނީ. އެއޮތީ ރަހީނު ކުރިކަން އެނގިފައި. އެހެންވީމާ އޭނާއަށް ވީގޮތެއް ނޭނގެޔޭ ބުނާނެ އަސާސެއް ނެތް" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އޭގެ ފަހުން 2016 ވަނަ އަހަރު ރިލްވާންގެ މަރުގެ މައްސަލަ މިދަނީ ތަހުގީގް ކުރަމުން ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވާ  ކަމަށާއި މާނައަކީ އޭނާ މަރުވެފައިވާކަން ފުލުހުންނަށް އެނގިފައި އޮތުން ކަމަށެވެ.

"އޭގެ މާނައަކީ ރިލްވާން މަރުވިކަން އެނގިހުރެ އާއިލާއަށް ނޭންގިކަން. އެއީ ވަރަށް ބޮޑު މައްސަލައެއް." ހިސާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
10 އޯގަސްޓް 2017 | ބުރާސްފަތި 10:03
vaheed
Thikamakee hagregathugai silsilaa kanthakherein hingaa kanthatha.rilvaan afraasheem ge maru foruvumah hingaahaa maru. Afraasheem. Rilwan. Rabarey. Yaameen. Miee gulhifaivaa kanthathakeh