ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 23:04
ހައްޖަށް ދިއުމަށް ފުރި ޙައްޖާޖީންތަކެއް
ހައްޖަށް ދިއުމަށް ފުރި ޙައްޖާޖީންތަކެއް
ގޫގުލް
ހައްޖު 1438
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 700 މީހުން ހައްޖަށް ދާނެ، 214 މީހުން މިއަދު ފުރާއިފި
މި އަހަރު ރާއްޖެއިން 1،000 މީހުން ހައްޖަށް ދާނެ
ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި 700 މީހުން ދާނެ
މިއަދު ފުރާފައި ވަނީ 214

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ލިމިޓެދްގެ ބެލުމުގެދަށުން 214 މީހަކު ހައްޖަށްދާން ފުރައިފިއެވެ. 

ހައްޖު ކޯޕަރޭޝަންގެ ބެލުމުގެދަށުން ޙައްޖަށްދާ ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ފުރާފައި ވަނީ އަންގާރަ ދުވަހުގެ ހަވީރުއެވެ.

މި ފަހަރު ހައްޖުވެރިން ތިބުމަށް ހަމަޖެހިފައި ވަނީ ހަރަމްފުޅާއި ކައިރި ސަރަހައްދެއްގައިކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަންގާރަ ދުވަހު 214 މީހުން ފުރިއިރު އެކޯޕަރޭޝަނުން ބުނެފައި ވަނީ އެންމެ ފަހު ޕްލައިޓް ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ އެގާރަވަނަ ދުވަހު ކަމަށެވެ.

މިއަހަރު ރާއްޖެއިން 1,000 މީހުން ހައްޖަށްދާނެއެވެ. ހަތަރު ކުންފުންޏަކުން މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ސަރުކާރުން ވަނީ ހުއްދަ ދީފައެވެ. ހައްޖަށް މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ ޒައީ ހައްޖު ގުރޫޕާއި ހަރަމައިން ހައްޖު ގުރޫޕާއި ސިސިލްފަރު ހައްޖު ގުރޫޕްގެ އިތުރުން ހައްޖު ކޯޕަރޭޝަނުންނެވެ. މިއަހަރުވެސް އެންމެ ގިނަ މީހުން ހައްޖަށްދާނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައެވެ. އެ ކުންފުނީގެ ހަވާލުގައި 700 މީހުން ހައްޖަށް ދިއުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި ދެން އޮތް ތިން ކުންފުނިން ކޮންމެ ކުންފުންޏަކުންވެސް 100 މީހުން ހައްޖަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެ އިސް މީހަކަށް ސަރުކާރުން ކަނޑައަޅާފައިވަނީ އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މި އަހަރު ހައްޖަށްދާ މީހުންނަން ޖަމްއިއްޔަތުލް ޚައިރާއި ރާއްޖެޓީވީ ގުޅިގެން ހައްޖުގެ އަޅުކަމާ ގުޅޭ މައުލޫމާތު ފޮތަކާއި ހައްޖު ދުއާތައް ހިމެނޭ ދުއާ ކާޑު އަންނަނީ ބަހަމުނެވެ. މި ފޮތް ދޫކުރަމުން އަންނަނީ ރާއްޖެޓީވީގެ ކައުންޓަރުނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް