ކ. މާލެ
|
23 މެއި 2024 | ބުރާސްފަތި 12:17
ގުޅިފަޅުން ހިއްކާފައިވާ ސަރަޙައްދެއް
ގުޅިފަޅުން ހިއްކާފައިވާ ސަރަޙައްދެއް
ސޯޝަލް މީޑިއާ
ގާހުދުވާ މައްސަލަ
ގާ ހުދުވާތީ ޕްރޮޖެކްޓުތައް ހުއްޓާލިނަމަވެސް، ސަރުކާރުން ބޭނުންވާ މަޝްރޫއުތަކަށް ހުއްދަދޭ
މިނިސްޓަރު ވިދާޅުވީ ޚާއްސަ ހުއްދައެއް އެއްވެސް ބަޔަކަށް ނުދޭ ކަމަށާއި، ނަމަވެސް ވަކިވަކިން ބަލާފައި ހުއްދަތައްވެސް ދެމުންގެންދާ ކަމަށް
މެއި މަހުގެ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފިޔަވަޅުތަކެއް އެޅުމަށް އޮތީ ނިންމާފައި
ސަރުކާރުން ވަކި ޕްރޮޖެކްޓުތަކަކަށް ހުއްދަދެމުންދާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުން

ގާހުދުވުމާއި (ކޮރަލް ބްލީޗިންގ) ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން މަޝްރޫއުތައް ހުއްޓާލިނަމަވެސް، ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓުތަކަށް ހުއްދަދެމުންދާކަން ހާމަވެއްޖެއެވެ.

ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން މެއި މަހުގެ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާ އެކަން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވުމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންކަންކަމަށްވާތީ އެކަންކަން ހުއްޓާލަން އޮތީ އަންގާފައެވެ.

އެކަމާ ގުޅިގެން ބިން ހިއްކުމާއި ބަނދަރު ފުންކުރުން ފަދަ ރަށްރަށުގެ ގިނަ މަޝްްރޫއުތަކެއްވެސް އޮތީ ހުއްޓިފައެވެ.

އެހެންނަމަވެސް، ގާހުދުވުމުގެ މައްސަލައާ ގުޅިގެން ފަޅުތައް ހިއްކުން ހުއްޓުވާފައި ވަނިކޮށް ޚާއްސަ ހުއްދައިގެ ނަމުގައި ބައެއް ފަރާތްތަކަށް ހުއްދަ ދީގެން މަސައްކަތްތައް ކުރިއަށް ގެންދާކަމުގެ އަޑުތައް ގަދަވެފައިވާތީ ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުުމުގައި ނޫސްވެރިއަކު ވަނީ އެކަމާ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އެންވަޔަރމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވީ، ޚާއްސަ ހުއްދައެއް އެއްވެސް ބަޔަކަށް ނުދޭ ކަމަށާއި، ނަމަވެސް ވަކިވަކިން ބަލާފައި ހުއްދަތައްވެސް ދެމުންގެންދާ ކަމަށެވެ. އެއީ ޚާއްސަ ހުއްދައެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޚާއްސަ ހުއްދައެއް ދޫކޮށްފައެއް ނޯންނާނެ އިނގޭތޯ، އީޕީއޭއިން އެންގި އެންގުމަކީ ގާހުދުވުމުގެ ސަބަބުން ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުން ކުޑަކުރަން އޭރު އެންމެ ޕީކް ސީޒަންވީމަ ކުރިއަށް އޮތް މަސްދުވަހަށް މި މަސައްކަތް މަޑުޖައްސާލާފައި، އެކަމަކުވެސް ކުރެވޭ ބައެއް ކަންކަމަށް ހުއްދަ ދެމުން މިދަނީ، އެހެންވީމާ އެގޮތުން ފުރަތަމަ 11 ދުވަސް ދިޔައީ ގާތްގަނޑަކަށް ހަމަ އެއްކޮށް މަސައްކަތް ހުއްޓިފައި، އެހެންނަމަވެސް ރާއްޖޭގެ ވަރަށް ބޮޑެތި ޑިވޮލޮޕްމަންޓު ކުރިއަށް އެބަދޭ، ޑިވޮލޮޕްމަންޓުގެ ބޮޑެތި ޚަރަދުތައްވެސް އެބަހުރި، އެހެންވީމާ އަޅުގަނޑުމެން އިންޑިވިޖުއަލް ބޭސިސްއިން މިނިސްޓްރީއަށް ނޫނީ އީޕީއޭއަށް ހުށަހެޅީމަ އިންޑިވިޖުއަލީ ބަލާފައި ހުއްދަ ދޫކުރަމުން މިދަނީ، އެހެންވީމާ ޚާއްސަ ހުއްދައެއް ދީފައެއް ނޯންނާނެ
އެންވަޔަރމަންޓް މިނިސްޓަރު ތޯރިޤް އިބްރާހީމް

ދުނިޔޭގެ ކަނޑުގެ ފިނިހޫނުމިން އެނަލައިޒްކޮށް، ގަވާއިދުން އާންމުކުރާ "ކޮރަލް ރީފް ވޮޗް"ގެ ވެބްސައިޓުގައިވާ ގޮތުގައި، ރާއްޖޭގައި ގާ ހުދުވުން އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރަން ފެށީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ރާއްޖެ އޮތީ "އެލާޓް ލެވަލް 1"ގަ އެވެ.

މިހާރު އެ ލެވެލްގައި އޮތީ މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކެވެ.

"ކޮރަލް ރީފް ވޮޗް" އިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ވަރަކަށް ހަފުތާގެ ތެރޭގައި މުޅި ރާއްޖެ "އެލާޓް ލެވަލް 2" ނުވަތަ އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރާނެއެވެ.

މިއީ 2016ގެ ފަހުން ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ އެންމެ ބޮޑު އަހަރަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ސައިންސްވެރިން ވެސް ވަނީ މި ފަހުން ލަފާކޮށްފައެވެ.

އެހެންނަމަވެސް ސަރުކާރުން ވަކި ޕްރޮޖެކްޓުތަކަކަށް ހުއްދަދެމުންދާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި
ނޭޕާލު މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި ދެ ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ދައުލަތަށް 47 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުޙައްމަދު ޒަކީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ދައުލަތަށް 47 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި މުޙައްމަދު ޒަކީ އަވަހާރަވެއްޖެ
ފަލަސްތީނުގެ މުސްލިމުންނަށް ލިބޭ އަނިޔާތަކާ ދެކޮޅުހަދައި، އަޤްސާ މިނިވަންކުރުމުގެ ޖިހާދުގައި ރާއްޖެއިން ހިތާއި ރޫޙުން ބައިވެރިވެ، ސަހަރޯވެރިވާނެ: ރައީސް
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ ކޮމިޝަން އުވާލިނަމަވެސް އާއިލާތަކަށް އަދިވެސް ރިޕޯޓު ނުދޭ
ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި