ކ. މާލެ
|
22 މެއި 2024 | ބުދަ 14:33
ފަލަސްތީނަށް ތާއީދުކޮށް އަންމާނުގައި ކުރި މުޒާހަރާގެ ތެރެއިން
ފަލަސްތީނަށް ތާއީދުކޮށް އަންމާނުގައި ކުރި މުޒާހަރާގެ ތެރެއިން
ރޮއިޓާސް
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި
 
އިޒްރޭލުން ގެންދަނީ މިކަމާ ގުޅިގެން އެ ގައުމުތަކަށް އިންޒާރު ދެމުން

އިޒްރޭލުން ބިރު ދައްކާ އިންޒާރު ދެމުން ދަނިކޮށް ވިލާތުގެ 3 ގައުމު ކަމަށްވާ ނޯވޭ، އަޔަލޭންޑް އަދި ސްޕޭނުން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފިއެވެ.

މި ތިން ގައުމުގެ ލީޑަރުން ވިދާޅުވީ ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމީ މެދުއިރުމަތީގެ ސުލްހައަށް ޓަކައި ކަމަށެވެ.

ނޯވޭގެ ބޮޑުވަޒީރު ޖޮނާސް ގާރ ސްޓޯރ ބުދަ ދުވަހު ވިދާޅުވީ، މެއި 28 ގައި ނޯވޭއިން ރަސްމީކޮށް ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށެވެ.

ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައި ނުގަނެ ސުލްހަ ނުގެނެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނޯވޭގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ނޯވޭގެ ބޮޑުވަޒީރު ފަލަސްތީންގެ ދައުލަތް ބަލައިގަންނާނެ ކަން އިއުލާން ކުރެއްވިތާ އިރުކޮޅެއްގެ ތެރޭ އަޔަލެންޑްގެ ބޮޑު ވަޒީރު ސިމޮން ހެރިސް އަޔަލެންޑުން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލަގަންނާނެ ކަން އިއުލާން ކުރެއްވިއެވެ.

އަޔަލެންޑްގެ ބޮޑުވަޒީރު ބުދަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އަޔަލެންޑާއި ނޯވޭ އަދި ސްޕެއިނުން ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ގަބޫލު ކަރަން ނިންމިކަން އިއުލާން ކުރުމާއެކު ކޮންމެ ގައުމަކުންވެސް ދެން މި ނިންމުމަށް އަމަލީ ސިފަ ގެނައުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމަށެވެ.

އަޅުގަނޑު އުއްމީދު ކުރަން ކުރިއަށް އޮތް ހަފްތާ ތަކުގެ ތެރޭގައި އިތުރު އެހެން ގައުމުތަކުންވެސް މި މުހިންމު ފިޔަވަޅު އަޅާ، އަޅުގަނޑުމެންގެ މި ނިންމުމުގައި ބައިވެރިވާނެ ކަމަށް.
އަޔަލެންޑްގެ ބޮޑުވަޒީރު

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ބުދަ ދުވަހު ވިދާޅުވީ އޭނާގެ ކެބިނެޓުން ފަލަސްތީންގެ މިނިވަންކަން މެއި މަހުގެ 28 ގައި ބަލައިގަންނާނެ ކަމަށެވެ.

މި ނިންމުމާއެކު އަޔަލޭންޑުގައި އަދި ނޯވޭގައި ތިއްބެވި އިޒްރޭލުގެ އެމްބެސެޑަރުން އެނބުރި އިޒްރޭލަށް ވަގުތުން އައުމަށް އިޒްރޭލުގެ ޚާރިޖީ ވަޒީރު ކަމުގައި ހުންނެވި އިޒްރޭލް ކަޓްޒް ވަނީ އަންގަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް