ކ. މާލެ
|
22 މެއި 2024 | ބުދަ 09:36
މާލެ ސިޓީއައް ބޯކޮއްވާރޭވެހި މަގުތަކުގައި ފެން ބޮޑުވުން -- ފޮޓޯ : ޔޫސުފް ސޮފްވާން
މާލެ ސިޓީއައް ބޯކޮއްވާރޭވެހި މަގުތަކުގައި ފެން ބޮޑުވުން -- ފޮޓޯ : ޔޫސުފް ސޮފްވާން
ޔޫސުފް ސޮފްވާން ރަޝީދު
މޫސުން ގޯސްވުން
60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ބ. އަތޮޅުން ވ. އަތޮޅަށް އޮރެންޖެ އެލާޓް ނެރެފި
ބޯކޮށް ވާރޭވެހި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ

60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ބ. އަތޮޅުން ވ. އަތޮޅަށް އޮރެންޖެ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ބޯކޮށް ވާރޭވެހި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.

ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފައިވަނީ ހެނދުނު 9:00ން ފެށިގެން 12:00 އަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. އެގޮތުން ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފައިވާ އިރު، ގަޑިއަކު 25 މޭލާއި 30 މޭލަ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 8:30ން ފެށިގެން 12:30ށް ވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް