ކ. މާލެ
|
19 މެއި 2024 | އާދީއްތަ 13:54
ޑަބަލްސްގައި ލައިބާގެ ޕެއާ ޕާޓްނަރު ކެޓްރީނާ
ޑަބަލްސްގައި ލައިބާގެ ޕެއާ ޕާޓްނަރު ކެޓްރީނާ
ޓްވީޓަރ
އާމެނިއަން ޔޫތު އޯޕަން 2024
އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
ޑަބަލްސް ބައިގެ ފައިނަލް އޮންނާނީ އާދިއްތަ ދުވަހު ރާއްޖެ ގަޑިން 15:30ގައި

އާމެނިއަން ޔޫތު އޯޕަން 2024 ބެޑްމިންޓަން މުބާރާތުގެ ޑަބަލްސް ބައިގެ ފައިނަލުން ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ)ގެ ޕެއާ ޖާގަ ހޯދައިފި އެވެ.

ކުރީގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފްގެ ދަރިފުޅު، ލައިބާގެ ޕެއާ ޕާޓްނަރަކީ ކެޓްރީނާ އެވެ. މި ޕެއާ އިން ވަނީ ސެމީ ފައިނަލްގައި ކުޅުނު މެޗު ކާމިޔާބުކޮށް ފައިނަލްގެ ޖާގަ ހޯދައިފަ އެވެ.

ސެމީ ފައިނަލް މެޗު ލައިބާ އާއި ކެޓްރީނާގެ ޕެއާ އިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 21-11 އަދި ދެ ވަނަ ސެޓު 21-7 އިންނެވެ. ޑަބަލްސް ބައިގެ ފައިނަލް އޮންނާނީ އާދިއްތަ ދުވަހު ރާއްޖެ ގަޑިން 15:30ގަ އެވެ.

މީގެ އިތުރުން ލައިބާ ވަނީ މިކްސް ޑަބަލްސްގެ ސެމީ ފައިނަލްގަައި ވެސް ވާދަކޮށްފަ އެވެ. މިކްސް ޑަބަލްސްގައި ލައިބާގެ ޕާޓްނަރަކީ މާކް އެވެ. މިކްސް ޑަބަލްސްގެ ސެމީ ފައިނަލް މެޗު ލައިބާ އާއި މާކްގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 21-9 އަދި ދެ ވަނަ ސެޓު 21-17 އިންނެވެ.

މި މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ވެސް ލައިބާ ވަނީ ވާދަކޮށްފަ އެވެ. ގުރޫޕް ހަތަރެއްގެ ދެ ވަނަ ކުޅުންތެރިޔާގެ ގޮތުގައި ގަދަ 16 އަށް ލައިބާ ދަތުރު ކުރިއިރު، ގަދަ 16 ގައި ސައިޕްރަސްގެ ކެޓްރީނާއާ ވާދަކޮށް ބަލިވީ ކުޑަ ތަފާތަކުންނެވެ.

ލައިބާ އަންނަނީ ބައިނަލްއަޤުވާމީ ބެޑްމިންޓަން މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް