ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 16:04
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ސުޕްރީމް ކޯޓުން ނިކުމެވަޑައިގަންނަވަނީ
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ސުޕްރީމް ކޯޓުން ނިކުމެވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ސައުދުގެ މައްސަލަ
ގޮޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަ: ސައުދުގެ ޝަރީއަތް ބުދަ ދުވަހަށް ފަސްކޮށްފި
ސައުދުގެ ފަރާތުން މައްސަލަ ހުށަހެޅި
އިލެކްޝަންސް އިން ޖަވާބުދާރީވި
ސައުދު ޕީޕީއެމް އިން ވަކިކުރީ އޭޕްރީލް މަހު

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުގައި ކުރިއަށްގެންދާ ޝަރީއަތް ބުދަ ދުވަހަށް ފަސްކޮށްފި އެވެ.

ސައުދުގެ ޝަރީއަތް ބުދަ ދުވަހަށް ފަސްކުރުމުގެ ކުރިން، ސައުދުގެ ފަރާތުން މައްސަލަ ހުށަހަޅައި، އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވި އެވެ.

މައްސަލަ ހުށަހަޅުއްވަމުން ސައުދުގެ ގާނޫނީ ވަކީލް އަލީ ޝާހު ވިދާޅުވީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ޕީޕީއެމް ސުލޫކީ ކޮމެޓީން ސައުދު ވަކިކޮށް ސިޓީ ފޮނުއްވި ކަމަށެވެ. އަދި ޖުލައި މަހުގެ 10 ވަނަ ދުވަހު އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ސައުދުގެ ނަން ހިމެނޭ ނަމަ އެ ދަފްތަރަކުން އުނިކޮށް ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކާއި ފޯމެއް ސައުދު ހުށަހެޅި ކަމަށް އަލީ ޝާހު ވިދާޅުވި އެވެ.

މީގެ އިތުރުން ޕާޓީގެ ދަފްތަރުން އުނިކޮށް ލިޔުމުން އެކަން އަންގައި ދިނުމަށް އެދި ޖުލައި 11 ވަނަ ދުވަހު ޕީޕީއެމަށް ވެސް ސައުދު ސިޓީއެއް ފޮނުއްވި ކަމަށް އޭނާ ވިދާޅުވި އެވެ. 

އަންގާރަ ދުވަހުގެ އަޑުއެހުން ފަސްކުރުމަށް ނިންމަވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ބުދަ ދުވަހު މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށާއި، ވަގުތު ފަހުން އަންގަވާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް