ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 14:50
ޗައިނާގެ ސަފީރު ވަންގް ފުކާންގް: ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރެއްވުން --
ޗައިނާގެ ސަފީރު ވަންގް ފުކާންގް: ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރެއްވުން --
ރައީސް އޮފީސް
ނާއިބު ރައީސް ޖިހާދު
ޗައިނާގެ ސަފީރު ނާއިބު ރައީސް ޖިހާދާ ބައްދަލު ކުރައްވައިފި
މިއީ ޗައިނާގެ ސަފީރު ވަންގް ފުކާންގްގެ ވަދާއީ ޒިޔާރަތެއް

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފުކާންގް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަބްދުﷲ ޖިހާދުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ބައްދަލުކުރެއްވުން އޮތީ، އަންގާރަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ޖިހާދު ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ފަރާތުން ރާއްޖޭގެ އިގްތިޞާދީ އަދި އިޖުތިމާއީ ތަރައްގީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. މިގޮތުން، ޗައިނާއިން ރާއްޖޭގައި ހިންގާ މައިގަނޑު ތިން މަޝްރޫއު ކަމަށްވާ ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ރާއްޖޭގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ ރަންވޭ ތަރައްގީކުރުމުގެ މަޝްރޫޢާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ޗައިނާ ސަރުކާރުން އަޅަން ހަމަޖައްސާފައިވާ 1،500 ހައުސިންގ ޔުނިޓުގެ މަޝްރޫއު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޖިހާދުގެ ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖެ އާއި ޗައިނާއާ ދެމެދުގައިވާ ހާރިޖީ ގުޅުމަށް 45 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ކުރިއަށްއޮތް ތަނުގައި ވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

ޗައިނާގެ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގައި ހުންނަވައިގެން ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް ފުރުސަތު ލިބިވަޑައިގަތުމުން ފަހުރުވެރިވާކަމަށް ވިދާޅުވެ، ކުރިއަށް އޮތްތާނގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. މިގޮތުން، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ގާތް ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާ ބެހޭ ގޮތުން ނާއިބު ރައީސް ޖިހާދުއާ ހިޔާލު ބަދަލު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަރިހުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ބައިލެޓަރަލް އަހުމަދު ހަލީލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފައްޔާޒް ޝާތިރު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
8 އޯގަސްޓް 2017 | އަންގާރަ 16:37
އަށްޑޫ މީޙާ
އަހަރެން ދިވެހި ަރއްޔިތެއްގެ ހައިސިއްޔަތުން ބުނެލަން އޮތީ ތިޔަ ޗައިނާޔަށް މިގައުމުގެ 1އަކަފޫޓުގެ ބޮންކޮޅެއް ދިނުމަށްވެސް މަ ދެކޮޅޭ. ތިޔަ ޗައިނާޔަކީ މި ދުނިޔޭގައި އޮތް އެންމެ ބިރުވެރި ނުބައި ތަން. ބޯގޮވާފަ ހުރި ރައީސުގެ ހާއްސަތަނެއްވީމަ ގައުމާ ގުޅުން ބަދަހިވާނެ.