Advertisement
ކ. މާލެ
|
18 މެއި 2024 | ހޮނިހިރު 19:27
އެތެރޭގެ އުދުހުންތަކުގައި ވެސް 100 އެމްއެލްއިން މަތީގެ ކޮންޓެއިނަރ ނުގެންދެވޭގޮތަށް ވަނީ ހަދާފައި
އެތެރޭގެ އުދުހުންތަކުގައި ވެސް 100 އެމްއެލްއިން މަތީގެ ކޮންޓެއިނަރ ނުގެންދެވޭގޮތަށް ވަނީ ހަދާފައި
ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)
އަތްދަބަހުގައި ގެންދެވޭ ތަކެތި
އެތެރޭގެ އުދުހުންތަކުގައި އަތްދަބަހުގައި 100 އެމްއެލްއަށްވުރެ ގިނަކޮށް ނުގެންދެވޭގޮތަށް ހަދައިފި
ބޭސް ގެންދާނަމަ ބޭސް ސިޓީ ގެންދިއުމަށް މޯލްޑިވިއަނުން ވަނީ އެދިފައި
ކުޑަކުދިންގެ ދިޔާ ކާނާ އަދި ޑޮކްޓަރީ ބޭސް ގެންދެވޭނެ

އެތެރޭގެ އުދުހުންތަކުގައި އަތްދަބަހުގައި 100 އެމްއެލް އަށްވުރެ ގިނަކޮށް ނުގެންދެވޭގޮތަށް ހަދައިފިއެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ބުނެފައިވަނީ އަތްދަބަހުގައި ދިޔާ ތަކެތި ގެންދެވޭނެ ގޮތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. ނަމަވެސް މި ބަދަލަށް އަމަލުކުރަން ފަށާނެ ތާރީހެއް ހާމަކޮށްފައިނުވެއެވެ.

Advertisement

އެގޮތުން ދިޔާތަކެތި އަޅާފައި ހުންނަ ކޮންޓެއިނަރ 100 އެމްއެލް އަށް ވުރެ ގިނަ ނުކޮށް ކަމަށާއި ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން 100 އެމްއެލްގެ 10 ކޮންޓެއިނަރު އަދި ދަތުރު މަތީގައި ބޭނުންވާ ވަރަށް ކުޑަކުދިންގެ ދިޔާ ކާނާ އަދި ޑޮކްޓަރީ ބޭސް ގެންދެވޭނެ ކަމަށް ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ގައުމީ އެއަރލައިން މޯލްޑިވިއަނުން ވެސް ވަނީ އެކްސްގައި މި ޕޯސްޓް ހިއްސާކޮށްފައެވެ. އަދި ޑޮކްޓަރީ ބޭސް ގެންދާ އިރު، ބޭސް ސިޓީ ގެންދިއުމަށް ވެސް ވަނީ އެދިފައެވެ. އަދި މަންޓާ އެއަރއިން ވެސް ވަނީ މި ޕޯސްޓް ހިއްސާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް