ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 10:08
ކ. މާލެ/ ވ. އާއަލި، އަޙްމަދު މުފީދު (48އ)
ކ. މާލެ/ ވ. އާއަލި، އަޙްމަދު މުފީދު (48އ)
ޕޮލިސް
މީހަކު ހޯދުމަށް އިއުލާންކުރުން
ފުލުހުންގެ ތަހްގީގަށް ދެ މީހަކު ހޯދަން އިއުލާނުކޮށްފި
މިމައްސަލައިގައި ފުލުހުން ހޯދަމުން ދަނީ ކ. މާލެ/ ވ. އާއަލި، އަހުމަދު މުފީދު (48އ)

ފުލުހުން ތަހްގީގުކުރަމުންދާ ދެ މައްސަލައެއްގައި ދެ މީހަކު ހޯދަން އިއުލާނުކޮށްފި އެވެ. 

ފުލުހުންގެ މީޑިއާއިން ބުނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ، ވ. އާއަލި، އަހުމަދު މުފީދު (48އ) ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އަހުމަދު މުފީދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ހޯދަމުންދަނީ ސ. މަރަދޫ، ވިހިލި ނޫރުލްއަމީން (31އ) ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އޭނާ ހޯދަމުންދަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ ނޫރުލްއަމީން އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792358  އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް