ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 09:13
ކްރިމިނަލް ކޯޓް، ހަނގުރާމައަށް ދިއުމުގެ ނުވަ މައްސަލައެއް ކޯޓުގައި އެބައޮތް
ކްރިމިނަލް ކޯޓް، ހަނގުރާމައަށް ދިއުމުގެ ނުވަ މައްސަލައެއް ކޯޓުގައި އެބައޮތް
ރާއްޖެއެމްވީ
ހަނގުރާމައަށް ދާ ދިވެހިން
ސީރިއާ ހަނގުރާމައަށް ދިޔަ ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާ ކޮށްފި
ރ. ކަނދޮޅުދޫ، ކަށިމާގޭ، އަލީ ޝަފީގް
ސާބިތުވެއްޖެނަމަ 17-20 އަހަރާއި ދެމެދުގެ ހުކުމެއް
ހަނގުރާމައަށް ދިއުމުގެ 9 މައްސަލައެއް ކުރިއަށް އެބަދޭ

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމުގެ ދައުވާ އިތުރު މީހެއްގެ މައްޗަށް އުފުލައިފި އެވެ.

ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިޔަ ކަމަށް ބުނެ ދައުވާ ކޮށްފައިވަނީ، ރ. ކަނދޮޅުދޫ، ކަށިމާގޭ، އަލީ ޝަފީގްގެ މައްޗަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވާއިރު، ކުށް ސާބިތުވެއްޖެނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަލީ ޝަފީގްގެ މައްޗަށް ދައުވާކޮށް އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން އަންގާރަ ދުވަހުގެ މެންދުރު 1:30 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.

އަލީ ޝަފީގްގެ މައްސަލަ އަންގާރަ ދުވަހު ފަށާއިރު، ހަނގުރާމައަށް ދިޔަ ކަމަށް ބުނެ ގދ. ވާދޫ، ސީސަންގޭ، އަލީ ހަމްޒަތާއި، ގއ. ކަނޑުހުޅުދޫ، ޗާންދަނީގޭ އަހުމަދު އަހުޒަރު އަޒީމްގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުން ހޯމަ ދުވަހު ވަނީ ފަށާފަ އެވެ.

ހަނގުރާމައަށް ދިއުމުގެ މައްސަލަތަކުގައި އިތުރު ނުވަ މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސީރިއާއަށް ދިޔަ ކަމަށް ބުނާ މީހުންނާއި ޕާކިސްތާނަށް ދިޔަ ކަމަށް ބުނާ މީހުންނެވެ.

ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ދިން ބޮމުގެ ހަމަލާ އަށް ފަހު، އެކަމާ ގުޅުންހުރި ގިނަ އަދަދެއްގެ ދިވެހިން ޕާކިސްތާނަށް ގޮސް ފިލިއިރު، އެގައުމާއި އަފްޣާނިސްތާނުގައި ހިނގާ ހަނގުރާމައިގައި ދިވެހިން ބައިވެރިވަމުން ގޮސްފައިވާ ކަމަށް ބޭރުގެ ޖާސޫސީ އިދާރާތަކުން އެއިރު ބުނެފައިވެ އެވެ.

ސީރިއާގައި ހަނގުރާމަ ފެށުމާއެކު، މިހާރު ދިވެހިން ޖިހާދަށް ކަމަށް ބުނެ ދަނީ އެ ގައުމަށެވެ. އެގޮތުން 100 އަށް ވުރެ ގިނަ ދިވެހިން ސީރިއާ ހަނގުރާމައިގައި ބައިވެރިވަމުންދާ ކަމަށް ޖާސޫސީ އިދާރާތަކުން ބުނާއިރު، ދިވެހި ސަރުކާރުން އެކަން ދޮގުކުރެ އެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި ހަނގުރާމާގައި ބައިވެރިވާ ދިވެހިންގެ އަދަދު 50 އަށް ވުރެ މަދުވާނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް